މުޒާހަރާ

ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލައިފި

Oct 25, 2020

އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ ހިލާފަށް އެއްވުމެއް ބޭއްވުމުން ހައްޔަރު ކުރި ފަސް މީހުން މިރޭ ހައްޔަރުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މި އަދު ހައްޔަރު ކުރި ފަސް ދިވެހިން ދޫކޮށްލީ ނަސޭހަތް ދިނުމަށް ފަހުގައި ކަމަށާއި އެ މީހުނާ މެދު އިތުރު ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. މިއަދު އެ ފަސް މީހުން ހައްޔަރު ކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމުން ފުލުހުން ގޮސް ނަސޭހަތް ދިނުމުން ވެސް އެކަން ހުއްޓާ ނުލައިގެނެވެ. އެއީ ދެ ފިރިހެނުންނާއި ތިން އަންހެނުންނެވެ.

އެ މީހުން މިއަދު ހަވީރު މާލޭގެ މަޖީދީ މަގުގައި ބޭއްވި އެއްވުމަކީ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ. ޖިންސީ ގޯނާގެ މައްސަލަ އަނެއްކާ ވެސް ފެން މަތިވީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ އަކީ ވަރަށް އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ހޯމް މިނިސްޓަރު އަދި ރާއްޖޭގެ ޝައިހެއް ކަމަށްވާ އިމްރާން އަބްދުﷲ ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ސިފަ ކުރެއްވުމުންނެވެ.