ހަބަރު

ލީޒާ ވަޒީފާއިން ވަކިކުރަން ނިންމާފައިވަނިކޮށް އިސްތިއުފާދީފި

އައިޝަތު ލީޒާ -- ފޮޓޯ: ވަގުތު
0%
0%
0%

ރައީސް އޮފީހުގެ ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނިކޮށް، ރައީސް އޮފީހުގެ ސީނިއާ ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރުކަމުން އައިޝަތު ލީޒާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ލީޒާ މަގާމުން ވަކިކުރަން އިއްޔެ ނިންމާފައިވާކަން އަވަސް އަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފަ އެވެ. އެހެން ނަމަވެސް ލީޒާ މިއަދު ވަނީ މީޑިއާތަކަށް އެސްއެމްއެސް އެއް ފޮނުވައި އޭނާ މަގާމުން އިސްތިއުފާ ދިންކަމަށް ވިދާޅުވެފަ އެވެ. ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަން ދޮގު ކުރައްވަމުން އޭނާ މަގާމުން އިސްތިއުފާ ދޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ތިން މަސް ދުވަހުގެ ކޯހަކަށް ރާއްޖެއިން ބޭރަށް ދިޔުމެވެ.

"އަޅުގަނޑު ވާނީ ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެެއްސަ އިސްތިއުފާ ދޭނެ ކަމަށް. ވަޒީފާއިން ވަކިކުރަން އުޅޭ ކަމެއް އަޅުގަނޑަކަށް ނާންގާ. މިމަހުގެ 26 ހާތާނގައި އަޅުގަނޑު ފުރަންޖެހޭ ކޯހަށް. އެހެންވެ އޮފީހުގައި ދަންނަވާފައި އޮންނާނީ 25 އަށް ފަހު ވަޒީފާގައި ނުހުރެވޭނެޔޭ، މަގާމުން އިސްތިއުފާ ދޭނެކަމަށް. ގޭގައި މަޑުކުރަން އަޅުގަނޑަށް އެންގީ ރޭ. 25 ގަ އިސްތިއުފާ ދޭތީ މާދަމާއިން ފެށިގެން ވަޒީފާ އަށް ނުނިކުތުމަށް ބުނީ،" ލީޒާ ވިދާޅުވި އެވެ.

ލީޒާ އަކީ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސްބޭފުޅެކެވެ. އަދި ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި އަދީބު ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ލީޒާ ވަނީ އެކި ފަރާތްތަކަށް ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ދެއްވައި ނައިބު ރައީސްގެ ދިފާއުގައި ވަކާލާތު ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ލީޒާގެ މައްސަލައިގައި ކޮމެންޓެއް ނެތް ކަމަށެވެ. ލީޒާ ނޫނަސް ސަރުކާރުގެ އެހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގޭގައި މަޑު ކުރަން އެންގި ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އެހެން ނަމަވެސް މުއާޒު ވިދާޅުވީ ލީޒާ ނޫން އެހެން ސިޔާސީ ބޭފުޅަކު ގޭގައި މަޑުކުރަން އެންގި ކަމެއް އަދި އެނގިފައި ނެތް ކަމަށެވެ.

ނައިބު ރައީސްއާ އަރިސްދެބޭފުޅެއް ކަމަށްވާ އެމްޕީއެލްގެ ބޯޑް މެންބަރު ތެމާ އަހުމަދު ޝިޔާމް އާއި ޔޫތް މިނިސްޓްރީގެ ސީނިއާ ކޯޑިނޭޓަރު އަބްދުﷲ މުއާޒު ވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަގާމުތަކުން ވަކިކޮށްފަ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަދަލުތައް

ކީއްވެ ބާ ޕޮލިހުންގެ އިސްވެރިން ބަދަލުކޮށް ރާޒުވާކުޅިބައި އަތުރުާއިރު ޚަބަރަކަށް ނުވީ؟ ލޯންޗުކޮޅު ގެ ހާދިސާ ހިނގި އިރު ޕޮލިހުގެ އިންޓެލް ގެ ހެޑަކީ ކާކުތޯ މިއަދު އެ މަސްއޫލިއްޔަތު އުފުލަނީ ހަމަ އެބޭފުޅާތޯ

ވިޒިރާ

ބަސް އަހައިގެން ޓީވީއެމްގެ ވަޒީފާގައި ހުރިނަމަ މާ ރަގަޅުވީހެއްނު..ފިނިވެފައި ތިމަންނަ އަށް ވެސް ވާނެޔޭ ކިޔާފަ ވެއްޖެ ވިއްޔަ އެތަނުން ކެނޑެން

ވެލީދޫ މީހާ

ތިމާމެން ދޮންވެފަ ރީތީވީމާ ތިމާމެން ފެނިގެން އުޅޭބައެއް މީ. ހަމަ ރަނގަޅަށް އެވީ. ދެން ލަލަލަލަ

ރަޝީދު

ލީޒާމެންނަށްވެސް އުޅެން ނޭނގުނީމަ ވާނީ ހަމަ ތިހެން. ސަރުކާރުން ވަޒީފާ ދިނީމަ ކާންދޭން މީހާގެ އަތުގަ ދަތް ތިޔަ އަޅަނީ

ކަމަނަ

ހާދަ ވަޒީފާއެކޭ ދޭ މިހުސް ވަނީ.. ނެތްތަ މަށަށް ދޭނެ ޖޮބެއް.

ލީޒާ

ހައްހައް.. ހިނި އަންނަނީނީނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345