ދިރާގުން ދަނީ 2009 ވަނަ އަހަރުން ފެށިގެން، ސްކޫލް ނިންމާ ޒުވާނުން މަސައްކަތުގެ މާހައުލަށް ފައްކާ ކުރަން ޕްރޮގާމެއް ހިންގަމުންނެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ޑެޕް) މިހާރު ވެފައިވަނީ ޒުވާނުންނަށް ވަޒީފާގެ ހުނަރުތަކާއި މަސައްކަތުގެ އަހުލާގު ދަސްކޮށް މުހިންމު ޕްލެޓްފޯމް އަކަށެވެ. މިހާތަނަށް މި ޕްރޮގްރާމް 200 އަށް ވުރެ ގިނަ ކުދިން ފުރިހަމަ ކޮށްފައިވާއިރު، މީގެ ގިނަ ކުދިން ތަކެއް އެކި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބުމަކީ މި ޕްރޮގްރާމުގެ އެންމެ ބޮޑު ކާމިޔާބީ އެވެ. ނަމަވެސް މި އަހަރުގެ ޕްރޮގްރާމަށް ކޮވިޑް-19 އާ ގުޅިގެން މިވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. މި އަހަރު ޕްރޮގްރާމަށް ހޮވުނު 16 ވަރަކަށް ކުދިން މި ޕްރޮގްރާމުގެ ފުރިހަމަ ކުރަނީ ގޭގައި އެ ކުދިންގެ އާއިލާ ކައިރީގައި ތިބެން ގޭގަ އެވެ. ދިރާގު އެޕްރެންޓިސް ތަމްރީން މި އަހަރު ކުރިއަށް ދަނީ ގޭގަ އެވެ.
"ޕްރޮގްރާމް ފުރަތަމަ ފެށިއިރު ދަތިތަކެއް ހުރި. އެކަމަކު މިހާރު އެނގިގެން ދިޔައީ ކުރިއަށް ވުރެ ބައެއް ކަންކަމުގައި މިގޮތަށް [އޮންލައިންކޮށް] ބޭއްވުމުން ފަސޭހަކަން،" ދިރާގު މެނޭޖަރުގެ ހިއުމަން ރިސޯސް ޑިވްލޮޕްމަންޓް މެނޭޖަރު އަބްދުﷲ ޒުބައިރު ވިދާޅުވި އެވެ.
ކުރިން އެޕްރެންޓިސްޝިޕްގެ ބައިވެރިން ދިރާގު މައި އޮފީހަށް ގޮސް ފުރިހަމަ ކުރި މި ޕްރޮގްރާމް އޮންލައިންކޮށް ބާއްވާ ގޮތަށް، ބަދަލު ގެނައި ނަމަވެސް މަގުސަދު ހާސިލް ވުމަށް އެއްވެސް ހުރައެއް މީގެ ސަބަބަކުން ނޭޅެ އެވެ. ރަށްރަށަށް ދިރާގުން ދީފައިވާ ހަލުވި އިންޓަނެޓުގެ ހިދުމަތާއެކު ވޯކް ފުރޮމް ހޯމްގައި ޕްރޮގްރާމް ފުރިހަމަ ކުރުމަކީ އެހެން ކުންފުނި ތަކަށް ވެސް އޮތް މިސާލެއް އެވެ. މި ފަސޭހަ ބައެއް ކުދިން ވެސް ފާހަގަ ކުރި އެވެ.
މި ބަދަލުގެ ސަބަބުން މި އަހަރުގެ ބައިވެރިންނަށް އޮންލައިންކޮށް މަސައްކަތް ކުރުމުގެ ހުނަރުރާއި ތަޖުރިބާ ލިބިއްޖެ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުދިން އެއް ވަގުތެއްގައި ކްލާހުގައި ބައިވެރިވެގެން މި ޕްރޮގްރާމް ފުރިހަމަ ކުރަމުންދާއިރު، އޮންލައިން ޕްރެޒެންޓޭޝަން ހުށަހެޅުން ފަދަ މިހާލަތުގައި ބޭނުންވާނެ ޒަމާނީ މަސައްކަތުގެ ހުނަރުތައް ބައިވެރިން ދަނީ ދަސް ކުރަމުންނެވެ. ވޯކް ފްރޮމް ހޯމް ސެޓިން އަށް މި ޕްރޮގްރާމް ގެނައި ބަދަލާއެކު މި ޕްރޮގްރާމުން އެނގިގެން ދަނީ ދިރާގުން "ޑިޖިޓަލް ރާއްޖެ" އަކަށް ހިދުމަތް ބަދަލު ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވަމުންދާ ކަމެވެ.