ހަބަރު

އޮޑިޓް އޮފީހަށް 81 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ފާސްކޮށްފި

Oct 28, 2020

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު 81 މިލިއަން ރުފިޔާގެ ބަޖެޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިއަ އަހަރު އޮޑިޓު އޮފީހަށް ދީފައިވަނީ ގާތްގަނޑަކަށް 48 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، އަންނަ އަހަރަށް ހުށަހެޅީ 104.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް ކޮމިޓިން ނިންމާފައިވަނީ 23 މިލިއަން ރުފިޔާ އުނިކޮށް، 81.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރު ބަޖެޓު ފާސްކޮށްފައިވަނީ، މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ.

މި އަހަރުގެ ބަޖެޓުގައި ހުޅުމާލޭގައި އާ އިމާރާތެއް އެޅުމަށް 43.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވީ ނަމަވެސް، ކޮންޓްރެކްޓާ ފައިނޭސިންގެ ދަށުން އެ މަޝްރޫއު ހިންގުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާތީ، ކޮމިޓީން ވަނީ އެ އަދަދު 25 މިލިއަން ރުފިޔާއަށް ތިރިކޮށްފަ އެވެ.

މީގެ އިތުރުން، ރިކަރެންޓް ހަރަދާއި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ހިމަނާފަ އެވެ.