ހަބަރު

ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ދުންފަތުގެ ވިޔަފާރި ކުރާ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލާގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ރޫޓު ފިހާރައިގެ ފައިސާތަކެއް ވަގަށް ނަގަން އުޅުނު މައްސަލައިގެ ތުހުމަތުގައިި ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޭގެ ވަގުތެއްގައިވެސް ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެމް ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.