ފިނިޕޭޖް

ފިލްމް އެވޯޑްސްގެ ޖަޖުން ސިއްރުކޮށްފި

އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ގައުމީ ފިލްމް އެވޯޑްސް" ބާއްވާއިރު ޖަޖުންގެ ޕެނަލް ސިއްރު ކުރަން ނެޝަނަލް ސެންޓާ ފޮ ދި އާޓްސް ( އެންސީއޭ) އިން ހަމަޖައްސައފި އެވެ.

ފިލްމް އެވޯޑްސް މި ބާއްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ފިލްމް އެވޯޑެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ. އެހެންވެ މިއަހަރު އެވޯޑް ދިނުމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދުގެ ނުކުތް ފިލްމުތައް ހިމަނާފައި ވެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެންސީއޭއިން ބުނީ ޖަޖުންގެ ޕެނަލް ސިއްރު ކުރަން ޖަޖުންގެ ޕެނަލްގައި ތިބޭ ފަރާތްތަކަށް ޝަކުވާ އޮންނާތީ އާއި މަސްލަހަތަށްޓަކައި ކަމަށާއި ކަމަށެވެ. އަދި ބުނީ ޖަޖުންގެ ޕެނަލް ސިއްރު ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

މި ފަހަރުގެ ޕެނަލްގައި ހަތް ޖަޖަކު ހިމެނެ އެވެ.

ފިލްމް އެވޯޑަށް ނުވަ ފީޗާ ފިލްމަކާއި ކުރު ހަތް ފިލްމެއް ހޮވިފައިވެ އެވެ. ފީޗާ ފިލްމު ބައިގައި 23 ކެޓަގަރީއަކުން އެވޯޑު ދޭއިރު ކުރު ފިލްމުގެ ބައިން ވެސް އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑެއް ދޭނެ އެވެ.