ހަބަރު

ބޭރަށް ނުދެވޭ ގޮތަށް ޕާޕާ އާއި އާމިރު ކޭކޭގައި

އެމްއެންޑީއެފްގެ ބަޑި ގުދަނުގެ ކޮމާންޑިން އޮފިސާގެ މަގާމުގައި ހުންނަވަނިކޮށް މާލޭ އޭރިއާގެ ކޮމާންޑަރަކަށް ބަދަލު ކުރި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އަށް ބޭރަށް ވަޑައި ނުގެންނެވޭ ގޮތަށް ކަޅުތުއްކަލާ ކޮށިގައި ބަހައްޓައިފި އެވެ.

އޭނާއާއެކު ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް ސްކޮޑްގައި ކުރުން ހުރި އަދި ސިފައިންގެ މަސައްކަތުން އެކަހެރިކޮށްފައިވާ ކޯޕްރަލް އަހުމަދު އާމިރު ވެސް ވަނީ ކަޅުތުއްކަލާ ކޮށީގައި ބަހައްޓާފަ އެވެ.

އެމްއެމްޑީއެފުން ބުނީ އަސްކަރީ މަރުކަޒެއްގައި ސިފައިން ބަންދު ކުރަނީ "އެކި މައްސަލަތަކުގައި" އެކު ކުރެވޭ ތުހުމަތަކާ ގުޅިގެން ކަމަށާއި ނަމަވެސް ފަޔާޒާއި އާމިރާ ގުޅޭ ގޮތުން މިވަގުތު ވާހަކަ ދެއްކެން ނެތް ކަމަށެވެ.

ބަންދުކޮށްފައިވާއިރު މީގެ ކުރިން ފަޔާޒު ވަނީ އެސްޕީޖީގެ ވެރިޔާގެ މަގާމުން ވެސް ދުރުކޮށްފަ އެވެ.

މި ދެ މީހުންނާމެދު ފިޔަވަޅުތައް އަޅާފައި ވަނީ ރައީސް އިންނެވި ރިޔާސީ ލޯންޗްކޮޅުގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެވެ. އާމިރާއި ފަޔާޒުގެ ބަންދުގެ ކަންކަން ބަލަހައްޓަނީ މިލިޓަރީ ފުލުހުންނެވެ.