ހަބަރު

ލަންކާގެ ސްނައިޕާ ޝޫޓަރަކު ރާއްޖެއިން ހައްޔަރުކޮށްފި

Nov 4, 2015
1

ސްރީލަންކާގެ ސްނައިޕާ ޝޫޓަރަކު ރާއްޖޭގައި ހަރަކާތްތެރިވަނިކޮށް ތުހުމަތު ކުރެވިގެން އޭނ ހައްޔަރުކޮށްފި އެވެ.

"ހަވީރު" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ރާއްޖެ އައިސް އުޅުނު ސްރީ ލަންކާގެ ސްނައިޕާ ޝޫޓަރަކު ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ލަންކާގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ އެ މީހާ މާލެ ތެރެއިން ހައްޔަރުކުރީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މި ހަބަރާ ގުޅިގެން ފުލުހުންގެ އިދާރާއިން އެއްވެސް ބަހެއް ނުބުންޏެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަން އަދި ޔަގީން ކޮށް ދެއްވަން ވެސް ބޭނުންފުޅު ނުވާ ކަމަށާއި އެކަމަށް އިންކުރައްވަން ވެސް ބޭނުންފުޅު ނުވާ ކަމަށެވެ.

"އެކަން ޑިނައިއެއް ނުރަން، އަދި ޔަގީންކޮށެއް ވެސް ނުދޭނަން،" އެ އޮފިޝަލު ވިދާޅުވި އެވެ.

މި މީހާ ހައްޔަރު ކުރި އިރު ބ. ހިބަޅިދޫ ބޭރުން ކަނޑު އަޑިއަށޤ ފައްތާ ފޮރުވާފައި ހުއްޓާ ނެގި ހަތިޔާރުތަކުގެ ތެރޭގައި ސެނައިޕާ ރައިފަލްގައި ބޭނުން ކުރާ ސްކޯޕަކާއި އޭގެ މައުންޓާއި ވަޒަނާއި އެހެން ބައިތައް ފެނިފައިވެއެވެ.