ހަބަރު

ހިބަޅިދޫން ގިނަ އަދަދެއްގެ ހަތިޔާރު އަތުލައި 7 މީހަކު ހައްޔަރުކޮށްފި

Oct 31, 2015
  • ހަތިޔާރުތައް ހުރީ ހިލަޖަހައި ކަނޑުފައްތާފައި
  • ފުލުހުންގެ ބެލުމުގެ ދަށުގައ 7 މީހުން
  • ހިބަޅިދޫ ފުލުހުންގެ ބެލުމުގެ ދަށަށް
  • ގޮވާަކެއްޗާއި ބަޑި އާއި ވަޒަނާއި ގިނަ އަދަދެއްގެ ހަތިޔާރު އަތުލި

ހައްޖުގެ އަޅުކަމަށް ފަހު ރައީސް އަބްދުﷲ ޔާމީން މާލެ ވަޑައިގެންނެވި ވަގުތު "ފިނިފެންމާ" ލޯންޗުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ސިފައިންނާއި ފުުލުން ފެށި ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންގައި ރިސޯޓް ތަރައްގީ ކުރާ ބ. ހިބަޅިދޫއަށް އަރައި އެރަށް ފާސްކުރި އިރު ކަނޑު އަޑިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ ބޮމާއި ބަޑި އާއި ފިސްތޯލަ އާއި އެހެނިހެން ހަތިޔާރު އަތުލައިގަން 7 މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ހިބަޅިދޫ ފާސްކޮށް އެއްމަސް ދުވަހުގެ މުއްދަތަށް ހިބަޅިދޫ ގެންދިއުމަށްފަހު ހިބަޅިދޫން މާލެ އައިސް ކޯސްޓްގައި ފުރަތަމަ ނޫސްވެރިންނަށް ހަތިޔާރުތައް ދައްކާލީ އެމްޕީއެލްގެ ޖެޓީ ކައިރިން ކޯސްޓްގާޑް އުޅަނދެއްގަ އެވެ. އޭގެ ފަހުން ނޫސްވެރިންގެ ހާޒިރުގައި ފުލުހުންގެ އިސްކަންދަރު ކޮއްޓަށް ހަތިޔާރުތައް ބަދަލުކޮށް ނޫސްވެރިންނަށް ނީ ތަފުސީލު ދިނެވެ.

ހިބަޅިދޫއަކީ އޯގަސްް 14، 2014 ގައި ޓޫރިޒަމް ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮތް ރަށެކެވެ. އަދި މި ރަށް ތަރައްގީ ކުރަމުން ދަނީ ގްލާޑިއަން ޕްރައިވެޓް ލިމިޓެޑް ކިތޔާ ކުންފުންޏަކާ ބިޒްނާސް މޯލްޑިވްސް އާއި ގުޅިގެނެވެ. މި މައްސަލައާ އެ ފަރާތްތަކާއި ގުޅުންހުރި ބައެއް ފަރާތްތަކާއ އެ ރަށުން ވެސް ބައެއް މީހުން ގަނީ ވަނީ ހައްޔަރުކޮށްފަ އެވެ.

ނޫސްވެރިންނށް މައުމާތު ދެއްވީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫނު ރަޝީދާއި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާނެވެ.

ނަވާޒު ވިދާޅުވީ ހިބަޅިދޫއަށް ދާން ޖެހުނީ ރައީސަށް ދިން ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަނިކޮށް ތަހުގީގުގެ ތެރޭގައި ބަޔަކު ހައްޔަރުކޮށް އެ ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުުން ލިބުނު މައުލޫމާތާއި ސިފައިންނާއި ފުލުހުންގެ ދެ މުއައްސަސާގެ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކަމަށެވެ.

ޗީފް ސުޕްރިންޓެންޑެންޓް ހަމްދޫން ރަޝީދު ވިދާޅުވީ ތަންތަން ބަލައި ފާސް ކުރަމުން ދަނީ އެކިގޮތްގޮތުންނާއި ދެ މުއައްސަސާގެ އިންޓެލިޖެންސުން ހޯދުން މައުލޫމާތުގެ އެހީގައި ކަމަށާއި މިއަދު ނޫސްވެރިންނާ ދައްކާލި ހަތިޔާރުތައް ހޯދުނީ އެ މަސައްކަތުގައި ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތުގައި މިހާތަނަށް މާލޭގެ ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށް އައްޑު އަތޮޅުގެ ގެއަކާއި ރިސޯޓް ހެދުމަށް ތަރައްގީ ކުރަމުން އަންނަ ބައެއް ރަށްރަށް ފާސް ކޮށްފައިވާ ކަމަށެވެ.

ނަވާޒި ވިދާޅުވ ފުލުހުންނާއި ސިފައިން ހިބަޅިދޫއަށް އެރީ މިދިއަ ބުދަ ދުވަހު ކަމަށާއި އެރަށަށް ގޮސް ފުރަތަމަ ބެލީ އެރަށުގައި ވަޅުލާފައި ހުރި ހަތިޔާރާއި އެއާ ގުޅޭ ބައެއް ސަމާނާއި އާލާތް ހޯދަން ކަމަށެވެ. ނަމަވެސް ތަހުގގު ކުރިޔަށް ދިޔަ ގޮތުން ހައްޔަރުކޮށްފައި ތިބި ބައެއް މީހުންގެ އަތުންނާއި ދެ ފަރާތުގެ އިންޓެލިޖެންސްގެ މައުލޫމާތުގެ އަލީ ހަތިޔާރުތައް ބަލައި ރައްކާ ކޮށްފައި ހުރީ ކަނޑު އަޑީގައިކަން އެނގުނު ކަމަށެވެ.

އެ ހަތިޔާރުތައް ރައްކާކޮށްފައި ހުރީ ހިބަޅިދޫ ނެރުމަތިން ކަނޑުގެ 42 މީޓަރުގެ އަޑީގައި ކަމަށާއި ކުރިން ވަޅުލާފައި ހުރި ތަނުން ނަގައިގެން ގެންގޮސް ދެ ދަބަހުގައި ކަނޑު އަޑިއަށް ފައްތާފައި ހުރީ އޮޔާ ނުގެންދާނެ ގޮތަށް ބަރު ހިލަޖަހައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭރު ހުރީ ބައެއް ފޯނު ބޭނުންކޮށްގެންނާއި ބައެއް ކަހަލަ ގޮވާތަކެތި ތަފާތު ޑިވައިސްތަކާ ގުޅައި ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަމަށާއި އެ ތަކެތި ނެގީ ކަނޑުގެ އަޑީގައި 72 ގަޑި އިރުވީ ފަހުން ކަމަށެވެ. އިއްޔެ ހެދުނު އެތަކެތި ހޯދި އިރު ކަނޑު ފައްތާފައި ވަނީ އޮޕަރޭޝަން ފެށުމާ ވަރަށް ކައިރި ވަގުތު އޮއްވާ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.

"މި ފެނުނު ތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރުން މަނާ ގާނޫނީ ގޮތުން ގެންގުޅެވޭނެ އެއްޗެއްސެއް ނޫން. އެކަމަކު މިއީ ރާއްޖޭގެ ފަޅުރަށެއްގައި ހުރި ސާމާނުތަކެއް،"

އެމްއެންޑީއެފްގެ ބަޑި ގުދަނުގެ ޑެޕިއުޓީ ކޮމާންޑިން އޮފިސާ، ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ބ. ހިބަޅިދޫ އަށް އަރައި ކޯޑަން ކުރުމަށް ފަހު "ސެކްޓަ ބައި ސެކްޓާ" ސާޗެއް ހެދި ކަމަށާއި ފުލުހުންނާއި އެމްއެންޑީއޭފްގެ ނޯދަން އޭރިއާއިން މަސައްކަތް ކުރީ އެފަރާތްތައް ބޭނުންވާ ލެވެލްގައި ކަމަށާއި ގްރައުންޑް ސާޗް ހެދީ މެޓަލް ޑިޓެކްޓ ބޭނުންކޮށްގެން ކަމަށެވެ. އޭގެ ފަހުން އިންޓެލިޖެންސާއި ތަހުގީގު ޓީމުން ލިބުނު މައުލޫމާތުގެ އަލީގައި އިއްޔެ ހެނދުނު ލިބުނު މައުލޫމާތަކާއެކު ހިބަޅިދޫ ނެރުމަތިން ކަނޑުގެ 42 މީޓަރު އަޑިއަށް ޑައިވިން ޔުނިޓްތައް ޑައިވްކޮށް ބޮޑު ދެ ބަސް ހޯދި ކަމަށާއި އެ ދެދަބަސް ކަނޑު އަޑިއަށް ފައްތާފައި ހުރީ ބޮޑު އެއްކޮަތަޅަށްލައި ހިލަތަކެއް އަޅައި އޭގެ ބަރަށް އޮޔާ ދަމައި ނުގަންނާނެ ގޮަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ ދަބަސް ފުލުހުންގެ ހާޒިރުގައި އީއޯޑީ ޓީމަކުން ކަނޑައި ބެލި އިރު ހުރީ ހަތިޔާރު ކަމަށާއި މިރޭ އާންމުކޮށް ދެއްކީ އެއެއްޗެހި ކަމަށެވެ.

ދެ ދަބަހުގައި ހުރި ހަތިޔާރުތަކުގެ ތަފުސީލް

* އޭކޭ ސީރީޒްގެ ސީ 56 ވެޕަން ސިސްޓަމް އަދި އޭގެ 7.62 ވަޒަނުގެ 121 ވަޒަން: މި ބަޑީގެ އިފެކްޓިވް ރޭންޖް ނުވަތަ މިއިން ޓާގެޓްކޮށް 300 މީޓަރުން މީހަކު މަރާލެވެ އެވެ. އަދި އެ ބަޑީގެ އިތުރުން ވަކި ވަކިން ބަޑީގެ ބައެއް ޕާޓްސްތަކާއި ކްލީނިން ކިޓާއި މުޅި ސިސްޓަމްގެ ތެރޭގައި އޭގެ މެެގެޒިނާއި ޑަސްޓް ޕްރޮޓެކްޓް ކުރާ ކަވަރު އޮތެވެ.

* މެޝިން ޕިސްޓަލް 5 ނުވަތަ އެމްޕީ 5، މިއ ފުލް ވެޕަން ފުލް ވެޕަން ސިސްޓަމެކެވެ. މިއީ ސަބް މެޝިންގަން ކެޓަގަރީގައި ކެޓަގަރައިޒް ކުރާ ހަތިޔާރެކެވެ. މިއިން މީހުންނަށް ގެއްލުން ދެވޭ ރޭންޖަކީ 125 މިޓަރެވެ. މިއާއެކު ނުވަ މިލިމީޓަރުގެ 43 ވަނަޒަން ހިމެނެ އެވެ.

* ނައިއެމްއެމްގެ ޕިސްޓަލް، މިއިން 50 މީޓަރގެ ރޭންޖުން މީހަކު މަރާލެވިދާނެ ހަތިޔާރެއް މިއާއެކު މިފެނުނު ނުވަ މިލިމީޓަރުގެ ވަޒަންތަކަކީ އެމްޕީ 5 އާއި ބްރައުނިން ޕިސްޓަލް އަށް ވެސް ލެއްވޭ ވަޒަނެކެވެ.

* ލޯންގް ރޭން ޓާގެޓް ނުވަތަ ދުރުގައި ހުންނަ މީހަކު ބަލައި ޓާގެޓްކޮށް ހަތިޔާރެއްގެ އެހީގައި އަމާޒުކޮށްލެވިދާނެ ގޮތަށް ސްނައިޕާ ރައިފަލް ގައި މައުންޓް ކުރާ ސްކޯޕެއް، މިއާއެކުގައި ފެނުނު ހަތިޔާރުގައި ބޭނުން ކުރެވޭ ހައިކެލިބާ އާންމު ގޮތެގައި ސްނައިޕާ ރައިފަލްގައި ބޭނުންކުރާ ވަޒަނެއް ފެނުނެވެ.

* އޮރިޖިނަލް ފެކްޓްރީ ކޭސިންގައި ޕެކްކޮށްފައިވާ އެމް 75 ދެ ހޭންްޑް ގްރެނޭޑް، މިއީ އޭގެ ޒާތުގައި 15 މީޓަރުން މީހުން މެރިދާނެ އަދި 50 މިޓަރުން މީހުން ޒަހަމް ކުރެވިދާނެ އަސްކަރީ އެކްސްޕްލޯސިވެއެކެވެ.

* ހައި އެކްސްޕްލޯސިވް، މީގެ ތެރޭގައި ޕްރައިމާސް ނުވަތަ ގޮއްވުމެއް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެހި ހިމެނެ އެވެ. މި ކެޓަގަރީ ކުރެވެނީ ހައި އެކްސްޕްލޯސިވްގެ ތެރޭގަ އެވެ.

* ޕްލާސްޓިކް އެކްސްޕްލޯސިވް ކެޓަގަރީ 4 އަދި އެކެޓަގަރީގެ ކޭ ގެ ހައި އެކްސްޕްލޯސިވް ޗާޖްސް

* ގޮއްވާލުމަށްޓަކައި ތައްޔާރު ކުރެވިފައިވާ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް އެއް، އޭގައި މަދީ ހަމައެކަނި އިނިޝިއޭޝަން ސިސްޓަމެއް ނަމަވެސް މި ހަތިޔާރުތަކުގެ ތެރެއިން އެ ސިސްޓަމް ބޭނުންވ ސިސްޓމް މިގެތޭ ހުރި ތަކެތި ބޭނުކޮށް ލިބެ އެވެ. މީތީގެ އެހީގައި ޑިސްޓެންސްގައި ބޭނުންވާ ގަޑިއެއްގައި ފޯނަކުން ނޫނީ ރިމޯޓުން ގޮއްވާލެވިދާނެ ގޮތަށް ތައްޔާރުކޮށްފައިވާ ދޭއްޗެވެ.

* އިމްޕްރިވައިޒްޑް އެކްސްޕްލޯސިވް ޑިވައިޒް ހެދުމަށް ކުރެވިދާނެ ސާމާނު، މީގެތެރޭގައި ރިމޯޓާއި ސްވިޗާއި ހައި އެކްސްޕްލޯސިވް އިނީސިއޭޓް ކުރާ އެއްޗެއްސާއި ވަޔަރާއި އެއްޗެއް ގޮވައިގެންދާއިރު ގިނަ މީހުނަށް ގެއްލުން ދިނުމަށް ބޭނުން ކުރާ 500 ގްރާމްގެ މޮހޮރާއި ޕަވަ ސޯސްގެ ގޮތުގައި ބޭނުން ކުރާނެ އެކި ވައްތަރުގެ ބެޓެރި އާއި އެޑަޕްޓަރު ހިމެނެ އެވެ. މީގެ ބައެއް ބެޓެރި ހުރީ ގުޅުވާއި އިތުރު ޕަވަޖާ ޖެނެރޭޓް ކުރެވޭނެ ގޮތަށެވެ.

* ސްޓޭންޑަޑް ރިމޯޓް ފަޔަރިން ސިސްޓަމް، މިއީ ބޭނުންވާ ތަނެއްގައި ތިބެގެން އެކްޕްލޯސިވް ގުޅާލައި ބޭނުންވީމާ ރިމޯޓުން ގޮއްވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްސެވެ.

* އަސްކަރީ އެކްސިސައިޒްތަކުގައި ތަންޑަފްލޭޝްގެ ގޮތު ބޭނުން ކުރާ ބާރުގަދަ ގޮވުންތައް ސިމިއުލޭޓް ކުރާ ތިނެތި

* އަސްކަރިއްޔާތަކުގެ އެކްސްޕްލޯސިވް ޔުނިޓްތަކުގައި ޔުނީފޯމްގައި ހަރުކުރާ ޕެޗް މީގެ އިތުރު ސްޕްރޭ ފުޅި އާއި ދަގަނޑު، މި ސްޕްރޭ ފުޅިތަކަކީ އެކްސްޕލޯސިވް އާއި ނަރުތަކުގައި އެއްކުލައެއް ޖައްސާލުމަްށ ބޭނުން ކުރާ ތަކެތި.

* އައިއީޑިތައް ރައްކާ ކޮށްފައިވާ ފޮށި މިއީ ޕޯޓަބަލް ސޭފެއް

"މިއީ ތައްޔާރު ކުރެވިފައިވާ ކޮންމެ އިރަކުވެސް ބޭނުން ހާލަތެއްގައި ބޭނުން ތަނެއްގައި ކޮންޓްރޯލްކޮށް ކާކުކާން ނޭނގޭ ގޮތަށް ގޮއްވާލެވިދާނެ އެއްޗެހި އަދި މިއީ 300 މީޓަރާ 50 މީޓަރާ ދެމެދުގައި މީހަކަށް އަމާޒުކޮށް ވަޒަން ގޮއްވާލާ މަރާލެވިދާނެ ފަދަ އަސްކަރީ ހަތިޔާރު މިއީ. އަދި މިއީ 15 އައި 50 މީޓަރުގެ ރޭންޖުގައި ގޮއްވާލައިފިނަމަ ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ދެ ހޭންޑް ގްރެނޭޑް ހިމެނޭ"

ނަވާޒު ވިދާޅުވީ މި ހަތިޔާރުތައް ހުރުމާއެކު އަދި ތަހުގީގުގައި ބައިބެރިވެ ސައުދީ ފޮރެންސިކް ޓީމްގެ ރިޕޯޓްގައި އާރްޑީސީ ބޭނުން ކޮށްފައި ހުރިކަން ކަށަވަރުވާތީ ގުޅިގެން ދާދިއުމެއް ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހިސާބަށް އައ ލޯންޗުގައި ދިން ހަމަލާއާ ގުޅިގެން ކުރި ތަހުގީގުގައި ގުޅިގެންދާވަރު ބަލަމުން އަންނަ ކަމަށާއ މިވަގުތަށް ވަކި ގޮތަކަށް ގުޅުވަން އަދި ދަތި ކަމަށެވެ. އަދި ދީނީ ފަރާތަކާއި ބޭރުގެ ފަރާތަކާ ގުޅުމެއް އޮތް ކަމަށްވެސް އަދި ބުނެވެން ނެތް ކަމަށެވެ.

މިއީ ފުލުހުންނާއި ސިފައިންގެ ބައިވެރިވުމެއް އޮވެގެން އެތެރެކޮށްފައި ހުރި ތަކެތި ކަމަށް ބެލެތޯ އާއި އެމްއެމްޕީއާރްސީން އެތެރެ ކުރި ބަޑިބޭސް ކޮންޓެއިނަރާ މި ހަތިޔާރުތަކާ ގުޅުމެއްވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަވާޒް ވިދާޅުވީ ތަހުގީގު ކުރިޔަށްދާތީ ފުލުހުންނާއި ސިފައިންގެ ބައިވެރިވުމެއް އޮތްތޯ އާއި އެމްއެމްޕީއާރްސީން ގެނައި ބަޑިބޭސް ކޮންޓެއިނަރާ ގުޅުމެއް ހުރިތޯ ދަންވަން އަދި ދަތި ކަމަށާއި ތަހުގީގު ކުރިޔަށްދާވަރަކަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް ހަވާ އަރުވާން ބޭނުން ކުރާ އިރިސިއޭޓާ ހުރި ކަމަށެވެ.

އިހުސާން ވިދާޅުވީ މި ހަތިޔާރުތައް ހޯދުނު ނަމަވެސް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ހުއްޓާ ނުލާ ކަމަށާއި މިހާރުވެސް ދެކުނުގެ ރަށެއް ފާސް ކުރުން ކުރިޔަށް ގެންދާ ކަމަށެވެ. ފާސް ކުރުން ނުނިމޭ ކަމަށާއި މި ހަތިޔާރުތައް ހޯދި ގޮތުގެ ވިޑީއޯ އައި ފޮޓޯވެސް އެބަހުރި ކަމަށާއި މީޑީއާ ހިއްސާ ކުރާ ހިސާބަށް ދިއުމުން ހިއްސާ ކުރާނެ ކަމަށެވެ.

އަތުލައިގަތް ހަތިޔާރުގެ ސީރިއަލް ނަމްބަރާއި ސފައިންގެ ހަތިޔާރާގެ ސީރިއަލް ނަމްބަރާ ދިމާވޭތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ މީގެ ތެރޭގައި ޗައިނާގެ މޮޑެލްތަކާއި ޖަރުމަނުގެ މޮޑެލްތައް ހިމެނޭ ކަމަށާއި އެއްވެސް ހަތިޔާރެއް ފެނުމުން ބަލަންޖެހޭ ބެލުންތައް ބަލާނެ ކަމަށެވެ.