ވިޔަފާރި

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން ދުނިޔޭގެ ވަރުގަދަ ކުންފުންޏަކަށް ހަވާލުކޮށްފި

ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަދި ޑެޕިއުޓީ ގަވަރުނަރު -- ފޮޓޯ: އެމްއެމްއޭ
0%
0%
0%

ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން، އެފަދަ މަސައްކަތް ކުރަން ދުނިޔޭގައި މަޝްހޫރު ފިންލޭންޑުގެ ކުންފުންޏަކާ މިއަދު ހަވާލު ކޮށްފި އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން ހަވާލު ކޮށްފައި ވަނީ މިފަދަ މަސައްކަތް ކުރަން ދުނިޔޭގައި މަޝްހޫރު "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއެވެ. މިއީ ފިންލެންޑުގެ ކުންފުންޏެކެވެ. ނަމަވެސް އެ ޕްރޮޖެކްޓް ހަވާލު ކުރި އަގު މަރުކަޒީ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖެެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމަކަށްވީ ނަމަވެސް، މި ސިސްޓަމް ގާއިމް ކުރުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަ ކަމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްދޭ ފަރާތް ތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.

އޮންލައިންކޮށް އެގްރީމެންޓްގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއް ހަމައެއްގައި ގާއިމު ކުރުމުގެ ގޮތުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާ ބައިވެރިވެވުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި އެ ކުންފުންޏާއެކު ކުރާ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުން ތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ޓިއޭޓޯ ލެޓްވިއާ އެސްއައިއޭގެ ހެޑް އޮފް ޕޭމަންޓް އިލްކާ ކޮރްކިއަކޮސްކީ ވިދާޅުވީ އެމްއެމްއޭއާއެކު މި މަަޝްރޫއު ހިންގުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ފަޚުރެއް ކަމަށާއި، އަދި މި ފަދަ އިންފްރާސްޓްރަކްޗާއެއްގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި ފައިނޭންޝަލް އިންކްލޫޝަން އިތުރު ކުރުމުގައި ވެސް ފަސޭހަ މަގުތަކެއް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަޓިއޭޓޯ އެވްރީ އަކީ 1968 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރު ވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. މިގޮތުން ސްވިޑަންގައި "ސްވިޝް" ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމު ކުރުމާއިއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރި ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމް ވެސް ފޯރުކޮށްދީފައި ވަނީ ޓިއޭޓޯ އެވްރީ ކުންފުނިންނެވެ. މީގެ އިތުރުން، ޓިއޭޓޯ އެވްރީ އިން ވަނީ ކެންޔާގައި ވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް ގާއިމްކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910