ހަބަރު

ހަތިޔާރާއެކު ސިފައިންގެ ތަމްރީނެއް ކައްދޫގައި

މަދަނީ ހިދުމަތަށް ބޭނުން ކުރާ އިސްކަންދަރު އަސްކަރީ ވައިގެ ބަނދަރު، އޮންނަ ލ. ކައްދޫގައި ހަތިޔާރާއެކު ތަމްރީނުތަކެއް ބާއްވަން ސިފައިން ތައްޔާރުވެއްޖެ އެވެ.

ސިފައިންގޭން ބުނީ މި ތަމްރީނު ކުރިއަށް ގެންދާނީ މި މަހުގެ 31 ވަނަ ދުވަހާއި އަންނަ މަހުގެ ދެވަނަ ދުވަހާއި ހަ ވަނަ ދުވަހާއި އަށް ވަނަ ދުވަހު ކަމަށެވެ. ތަމްރީނުތައް އޮންނަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ދަންވަރު 12:00 އަށް ކައްދޫ ޓްރެއިނިން ސެންޓަރުގަ އެވެ.

ތަމްރީނުތަކުގައި ފިސްތޯލަ އާއި ރައިފަލާ މެޝިން ބަޑި އާއި ފްލޭޔާސް ބޭނުން ކުރާނެ އެވެ. އަދި 5000 މީޓަރަށް ވައިގެ ސަރަހައްދު ބޭނުންކުރާނެ އެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ. އެންމެ ތިރިމިނަކީ ސީ-ލެވެލް އެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނީ ކައްދޫ ޓްރެއިންނިން ސެންޓަރުގެ ރޭންޖުން އިރު ދެކުނަށެވެ.

ކައްދޫގައި ސިފައިން ތަމްރީނުތަކެއް ކުރުއަށް ގެންދިޔުމަށް ނިންމާފައިވާއިރު އެ ރަށުގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ވެސް ތިބެ އެވެ. މި ތަމްރީނުތަކުގައި އިންޑިއާ ސިފައިން ބައިވެރިވާ ކަމެއް ވެސް ނުވާ ކަމެއް ވެސް ސާފެއް ނުވެ އެވެ.