ނިއުއިން ދޫކޮށްލި ފޯވަޑް ރަފޭލް ބެޓިމް މާޓް ޖެހި ދެ ލަނޑުން އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ބީޖީ ބަލިކޮށް، ޓީސީ އެއް ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާލުވެފައި އޮތުމުން ޓާފް ދަނޑުގައި ކުޅުނު މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ރަފޭލް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު ޔޮހޭއީ ޓީސީގެ ދެ ވަނަ ލަނޑު ޖެހީ 35 ވަނަ މިނިޓްގަ އެވެ. ޓީސީގެ ތިން ވަނަ ލަނޑު ޖެހީ 50 ވަނަ މިނިޓްގައި އަނެއްކާ ވެސް ރަފޭލް އެވެ.
މެޗުގައި ބީޖީގެ ހަމައެކަނި ލަނޑު ޖެހީ 68 ވަނަ މިނިޓްގައި ކްރަމޯނާ އެވެ.
މި މެޗުން މޮޅުވުމުން ޓީސީ އަށް ވަނީ 14 ޕޮއިންޓް ލިބފަ އެވެ. މިއީ ކުރިން އެއްވަނާގައިވާ ނިއުއާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް ލަނޑުގެ ތަފާތުން މިހާރު ނިއު އަށް ލިބެނީ ދެވަނަ އެވެ.
ލީގުގައި މާދަމާ ކުޅޭނީ ޓޭވަލުގެ ފުލުގައިވާ މަހިބަދޫ އާއި ފަހަތުން ދެވަނާގައިވާ ވެލެންސިއާ އެވެ.