ކޮވިޑް ބަލި ޖެހޭ މީހުންގެ ނަމްބަރު ކުއްލި ގޮަތަށް ވަރަށް ބޮޑަށް އިތުރުވެ ހާލަތު ގޯސް ވެދާނެ ކަމަށް ލަފާ ކުރެވޭތީ އަވަށްޓެރި ސްރީ ލަންކާގެ ބައެއް ސަރަހައްދުތަކަށް ވަކި ގަޑިތަކެއްގެ ކާފިއު ނެރެ، ކޮލަމްބޯ ލޮކްޑައުންކޮށްފި އެވެ.
ކޮވިޑާ ގުޅިގެން މިދިއަ އޭޕްރީލް މަހުން ފެށިގެން ލަންކާ ލޮކްޑައުން ކުރުމަށް ފަހު ލުއި ދޭން ފެށީ ޖޫން މަހު ފަހުކޮޅުން ފެށިގެނެވެ.
ދިވެހިންގެ 15،000 މީހުން ވެސް ދިރިއުޅޭ ލަންކާގެ ވެރިރަށް ލޮކްޑައުން ކުރި އިރު ކޮލޮމްބޯގައި ދެން ބޭރަށް ދެވޭނީ ޒަރޫރީ ކަންކަމުގައި ބޭރަށް ކޮންމެހެން ނުކުންނަން ޖެހޭ ބަޔަކަށެވެ.
މިއަދު ކޮލަމްބޯގައި ފެށި ލޮކްޑައުން އަކީ ތިން ދުވަހުގެ މުއްދަތެވެ. ނަމަވެސް ކޮވިޑް ކޭސްތަކު ނަމްބަރުތައް މައްޗަށް އުފުލޭ ވަރާއި ތިރިއަށް ގޮސް ކޮންޓްރޯލްވާ ވަރެއް ބެލުމަށް ފަހު އިތުރު ފިޔަވަޅެއް އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެ އެވެ. މިހާރުވެސް ކޮލަމްބޯގެ މަގުތަކުގައި ސިފައިން ހުން ބަލައި ޗެކްކޮށް ހަދަމުން ދެ އެވެ.
ސްރީލަންކާ އަކީ ދެކުނު އޭޝިއާގެ މި ސަރަހައްދުގައި ކޮވިޑް އެންމެ ރަނގަޅަށ މެނޭޖް ކުރި ގައުމެވެ. ގާތްގަނޑަކަށް 21.67 މިލިއަން މީހުން އުޅޭ ލަންކާގައި މިހާތަނަށް 9،791 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 19 މީހުން މަރުވެފަ އެވެ.