މޯލްޑިވިއަން ކްރޫގެ އެހީއާއެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، އެތަނުން ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކު މި އޮޕަރޭޝަންތަައް ފެށީ ގުޖުރާތުންނެވެ. ދުވާލަކު އަށް ދަތުރު ކުރާ އިރު މި ފްލައިޓުތަކަށް މީހަކަށް ޗާޖު ކުރާނީި 4800 ރުޕީސް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.
ސްޕައިސްޖެޓުން އޮޕަރޭޓުކުރާ ސީޕްލޭންގެ ހިދުމަތް ފެށުމަށް މިދިޔަަ ހަފްތާގައި މޯލްޑިވިއަންގެ ކްރޫ އެއް ވަނީ އިންޑިއާއަށް ފުރާފަ އެވެ. މި ޓީމު ގެންދިޔައީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ބުނީ، އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދުރަ މޯދީގެ ޚާއްސަ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭނެއް ޗާރޓަރ ކުރުމަކީ އިންޑިޔާ އާއި ރާއްޖެއިން އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
އަދި ސްޕައިސްޖެޓްގެ މިދަތުރުގެއިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާކަމަށް ރިޒްވީ ވިދާޅުވިއެވެ.
"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުންވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން" ރިޒްވީ ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ދެކޭ ގޮތުގައި މޯދީގެ މި ދަތުރުފުޅަކީ ދެގައުމަށްވެސް ވިންވިން ސިޓުއޭޝަނެކެވެ. ދަތުރާއެކީގައި ޒަމާންވީ ރާއްޖެ އިންޑިޔާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ދިވެހިރާއްޖޭގެ މާސިންގާ ކަޑުތަކުން ދިވެހިންހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ކަމެއްކަން މިދަތުރުން އެނގި އެކަމާ ނުހަނު ފަހުރުވެރިވާކަމަށް މޯލްޑިވިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ރިޒްވީ ވިދާޅުވި އެވެ.