ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުއި މިނުގައި ކުރިއަށް އެބަދާ ކަމަށް ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކޮންޓްރެކްޓިން ކުންފުނި، އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑާސްގެ އެއްބާރުލުމާއެކު ކަމަށެވެ. މި ކުޑަ އަޕްޑޭޓް އެމްޓީސީސީން މިއަދު ދިން އިރު މިދިއަ މަހުގެ 26 ވަނަ ދުވަހު ވެސް އެ ރަށުގެ މަގުތަކުގެ މަޝްރޫއުގެ ތަފުސީލް ދިނެވެ.
އެ ދުވަހު ބުނި ގޮތުގައި ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިފައި ވެއެވެ. އަދި އެ މަޝްރޫުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސެންޓް ވެސް ވަނީ ނިމިފައިވެ އެވެ.
އެ ރަށުގެ މަސައްކަތް ފަށާފައު ވަނީ ޖޫން 12، 2019 ގަ އެވެ.