ވިޔަފާރި

ބީއެމްއެލް އިން ހައުސިން އަދި ޕާސަނަލް ލޯނުގެ އިންޓްރެސްޓް ދަަށްކޮށްފި

ދިވެހި ބޭންކް ބީއެމްއެލް އިން ދޫކުރާ ޕާސަނަލް ލޯނާއި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި އެވެ

ރާއްޖޭގެ ހައުސިން ބާޒާރަށް އެންމެ ގިނައިން ލޯނު ދޫކުރާ ބީއެމްއެލް އިން ބުނީ ގެނައި ބަދަލާއެކު އެ ބޭންކުގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލުއި އެކްސްޕްރެސް ލޯން ގެ ރޭޓް 18 ޕަސެންޓުން މިވަނީ 15 އަށް ކުޑަވާނެ އެވެ.

ޝަރުތު ހަމަވާ ކަސްޓމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ އެވެ. މީގެ އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓް ވެސް މިވަނީ 12 ޕަސެންޓަށް އަށް ކުޑަކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގައި ލިބޭނެ އެވެ. މި ލޯނުވެސް 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެ އެވެ. އަދޮ 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސެންޓް އިންޓްރެސްޓްގައި ލޯނު ދޭނެ އެވެ.

ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ އެވެ. މީގެ އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތް ތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓް ވެސް މިވަނީ 12 ޕަސެންޓަށް އަށް ކުޑަކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގައި ލިބޭނެ އެވެ. މި ލޯނު ވެސް 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެ އެވެ. އަދި 300،000 ރުފިޔާ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސެންޓް އިންޓްރެސްޓްގައި ލޯނު ދޭނެ އެވެ.

ހައުސިން ލޯނުގެ އިންޓްރެސްޓް 10 ޕަސެންޓަށް!

ބީއެމްއެލް އިން ބުނީީ މި ބަދަލާއެކު، ހައުސިން ލޯނު ޕޯޓްފޯލިއޯ 10 ޕަސެންޓް އާ ހަމަޔަށް ދަށްކުރެވިފައިވާ ކަމަށެވެ. މިއީ ކުރިން 11 ޕަސެންޓުގެ އިންޓެސްޓުގައި ދޫކުރާ ލޯނެކެވެ. މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެ އެވެ.

މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕަޗޭސް ލޯން (ގެދޮރު ގަންނަ ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓް އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓް ތަކަށް ދޫކުރާ ލޯނު ތަކަށެވެ. ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތް ތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓް ވަނީ މި ބަދަލާއެކު 10.5 ޕަސެންޓް އާ ހަމައަށް އިންޓްރެސްޓް ރޭޓް ދަށްކުރެވިފަ އެވެ.

މި ބަދަލާ ބެހޭ ގޮތުން، ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ބަދަލުގެ ސަބަބުން އަގުތައް 15 ޕަސެންޓް ކުޑަ ކުރެވޭނެ ކަމަށެވެ.

"ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލު ތަކެއް ގެނެވިފަ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަނަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއި ފަސޭހަވެގެން ދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯގެ ރޭޓްތައް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި،" ނިމާލް ވިދާޅުވި އެވެ.

ބީއެމްްއެލްއަކީ ދިވެހި އާއްމު ފަރުދުންނާ އެންމެ ގުޅުން ލޯނުތައް ދޫކުރާ ބޭންކް އެވެ. އަދި ރާއްޖޭގެ ހައުސިން ބާޒާރަށް ދޫކުރާ ލޯނުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ބީއެމްއެލް އެވެ.