އެމްޓީސީސީ

ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ އެމްޓީސީސީން ބާއްވަނީ

Nov 1, 2020

އެމްޓީސީސީގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 15 ވަނަ ދުވަހެވެ. މި ޖަލްސާ ބާއްވާނީ "ފަހިވޯޓް" މެދުވެރިކޮށެވެ.

އެ ޖަލްސާގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު ހޮވާނެ އެވެ. އެމްޓީސީސީގެ ހިއްސާދާރުންގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ދެ ރެކްޓަރަކު ލާން ޖެހެ އެވެ. މިދިޔަ ސެޕްޓެމްބަރުމަހު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެއް ބޭފުޅަކު ލާފަ އެވެ.

ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ. ޖަލްސާގައި ބައިވެރިވާން މިމަހުގެ 13 ގެ ކުރިން ރަޖިސްޓަރީވާން ޖެހޭނެ އެވެ.