ހަބަރު

"ބަޑި ބުރާސްފަތި" ޖަލްސާ ޕީޕީއެމް އޮފީސް ދޮރުމައްޗަށް ބަދަލުކޮށްފި

Nov 1, 2020

ނަސްރުގެ ދުވަހާއި ގުޅުވައިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅުން ރާވާފައިވާ ޖަލްސާ، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ބާއްވަން ނިންމައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ބަޑި ބުރާސްފަތި"ގެ ނަމުގައި ޖަލްސާއެއްް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:15 ގައި ބާއްވަން ފުރަތަމަ ހަމަޖެއްސީ ކާނިވާ ސަރަހައްދުގައި އެވެ.

ނަމަވެސް، އެކަމަށް ބޭނުންވާ ހުއްދަ ނުލިބުމުން، މިހާރު އެ ޖަލްސާ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:00 ގައި ޕީޕީއެމްގެ އޮފީސް ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޖަލްސާގައި ބައިވެރިވާން އިދިކޮޅު ކޯލިޝަނުން ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ.