ފައިސަލް ނަސީމް

އީޕީއެސްގެ "ހަނދާން" މަޖައްލަ ނެރެދެއްވައިފި

Nov 1, 2020
1

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިން ތައުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް. ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާއެއް ނެރެދެއްވައި އީޕީއެސް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާހު ކޮށްފި އެވެ.

ފޮތް ނެރެ ދެއްވާ ވެބްސައިޓް އިފްތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޖަލްސާގައި އީޕީއެސްގެ ދރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކެއް ކުރި ކަމަށާއި އީޕީއެސް އިން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ގައުމުގެ ޒިންމާދާރު އެކިއެކި މަގާމުތަކުގައި ޚިދުމަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތަށް އީޕީއެސް. ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ.

އީޕީއެސް އުފެދުނީ ޖޫން 21، 1968 ގައެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރި އެވެ.