ޖޭއެސްސީ

ސިވިލް އަދި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ސިވލް ކޯޓަށް ގާޒީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފި އެވެ.

ޖޭއެސްސީގައި އިއުލާނުގައިވާ ގޮތުން ސިވިލް ކޯޓަށް ފަނޑިޔާރެއް އަދި ކްރިމިނަލް ކޯޓަށް ފަނޑިޔާރެއް ހޯދަން ބޭނުން ވެއެވެ. އެ ކޮމިޝަންގެ އިއުލާނުގައި އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ވަނީ ބަޔާންކޮށްފަ އެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް އިނާޔަތްތަކާއެކު ލިބިވަޑައިގަންނަވާނީ 48،000 ރުފިޔާ މުސާރައެކެވެ. ސިވިލް ކޯޓްގެ ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާނީ އިނާޔަތްތަކާއެކު 46،000 ރުފިޔާއެވެ. އަދި މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން މެޑިކަލް އެލަވަންސްއާއި ފޯން އެލަވަންސްގެވެސް ލިބިވަޑައިގަންނަވާނެ އެވެ.

ފަނޑިޔާރު ކަމަަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. މި މަގާމުތަަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.