މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިިފި އެވެ.

ފުލުހުން ބުނީ ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ. ޝިރުމީނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ 1:30 ގައެވެ. ފުލުހުން ބުނީ ޝިރުމީނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އެ ރޭ 10:45 ގައި ކަމަށެވެ. އެ ވަގުތުން ފެށިގެން ޝިރުމީނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މި ރެއާ ހަމައަށްވެސް އޭނާ ފެނިފައެއް ނުވެއެވެ.

ޝިރުމީނާ އަބޫބަކުރު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެކެވެ.

ފުލުހުން ވަނީ ޝިރުމީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅާ އެ މައުލޫމާތު ހިއްސާ ކޮށް ދިނުމަށް އެދިފައެވެ.