ހަބަރު

އިތުރު ތިން ކެނޑިޑޭޓަކު ނަން އަނބުރާ ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއިި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން އިތުރު ތިން ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ތިން މީހަކު ނަން އަނބުރާ ގެންގޮސްފި އެވެ.

ނަން ނަަގާފައިވަނީ، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަކާއި، ޕީޕީއެމްގެ ކެނޑިޑޭޓެއްގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓެކެވެ.
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މީގެކުރީން ވަނީ ޖުމްލަ 65 ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިިލް އިންތިހާބު ފަސް ކުރުމަށްފަަހު އަލުން ބާއްވާނެ ތާރީހެއް ނިންމާފަ އެއް ނުވެ އެވެ. އެހެންނަމަވެސް، އަންނަ އަހަރު މާޗު މަހު އިންތިހާބު ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮވިޑް އާ ގުޅިގެން ފަސް ކުރި މި އިންތިހާބު، ބޭއްވޭނެ މާހައުލެއް ގާއިމް ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ އެ މަގާމުގައި ތިބުމަށް ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެެސްްފަ އެވެ.