ހަބަރު

ވާލަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޖަނަވާރަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ޖަނަވާރަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަނީ، އައްޑޫ ސިޓީ ހިތަދޫގެ ޖަނބުރޯލު ގަހެއްގައި އިން ވާލަކަށް މީހަކު އަނިޔާކުރާ މައްސަލައެކެވެ. އެ ވާލުގެ ކަރުގެ ފަށެއް ޖަހައި ދަނޑިއެއްގައި އެއްސުމަށްފަހު އެއަށް ގޯނާ ކުރާ ފޮޓޯތަކެއް އެ މީހާ ވަނީ ސޯޝަލް މީޑިއާ ލާފަ އެވެ.