ހަބަރު

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގަމުންދިޔަ މީހަކު ހައްޔަރުކޮށްފި

Oct 18, 2015

ކުޑަކުއްޖަކާއި ބަދުއަހްލާގީ އަމަލު ހިންގަމުން ދިޔަ މީހަކު ރޭ ލ. ގަމުން ހައްޔަރުކޮށްފި އެވެ.

އުމުރުން 25 އަހަރުގެ އެ މީހާ ހައްޔަރު ކުރީ 13 އަހަރުގެ ކުޑަ ކުއްޖަކާއެކު ބަދުއަހްލާގީ އަމަލު ހިންގުމުގެ ތުހުމަތަށް ރޭ އިރާކޮޅު އެވެ.

ކުޑަ ކުއްޖާއާއެކު ބަދުއަހުލާގީ އަމަލު ހިންގިި މީހާ ހައްޔަރު ކުރީ ވެސް ކޮޓަރިއެއްގެ ތެރޭގައި އެ އެއަމަލު ހިންގަމުން ދަނިކޮށް ބާރުގެ ބޭނުން ކޮށްގެން ކޮޓަރީގެ ދޮރު ވައްޓާލައިގެނެވެ.