ހަބަރު

އަންހެން ކުދިން މާލޭގައި ޝުއޫރު ފާޅުކޮށްފި

Oct 18, 2015

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާލް ގައިޑުންނާއި ލިޓްލް މެއިޑުން އަދި ސްޓާސްގެ ދަރިވަރުން މާލޭގެ އެކި ސަރަހައްދުތަކުގައި ޝުއޫރު ފާޅުކޮށްފި އެވެ.

ގާލްގައިޑް އެސޯސިއޭޝަނުން މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގައި ދަރިވަރުން ޝުއޫރު ފާޅުކޮށްފައިވަނީ ޝުއޫރުތައް ލިޔެފައިވާ ފުއްޕާ ހަންތަކެއް އާންމުންނަށް ބަހައިގެންނެވެ.

މާލޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވެލާނާގޭ ކުރިމަތީގައި ބޭއްވި ހަރަކާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ އެވޯޑްސް ކޮމިޝަނާ މަރިޔަމް ނާޒިމާ ވިދާޅުވީ މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 100 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.