ހަބަރު

ކޯޓަށް ހާޒިރު ކުރަންޖެހޭ ދެ މީހަކު ހޯދަން ފަށައިފި

Oct 18, 2015

ކްރިމިނަލް ކޯޓަށް ހާޒިރު ކުރަންޖެހޭ ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާންކުރި ދެ މީހުންކީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން ހޯދަން ފަށާފައިވާ ދެ މީހުންނެވެ.

އެއީ ދަފްތަރު ނަންބަރު 10946، ޙުސައިން ނާޠިމް 28، އާއި ސ. ހިތަދޫ، ތަބިވައްގެ މުޙައްމަދު ގިޔާސް 34، އެވެ.

ޙުސައިން ނާޠިމް ހޯދަނީ މަގުބޫލު ސަބަބެއްނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާ ގުޅިގެނެވެ. ގިޔާސް ހޯދަނީ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާ ގުޅިގެނެވެ.