ކަނޑިންމަ ރިސޯޓުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.
މިރޭ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ކަނޑިންމަ ރިސޯޓުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ.
ކަނޑިންމަ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އުމުރުން 60 އަހަރުގެ ދިވެއްސެކެވެ. އޭނާ ވަނީ ފަރުވާއަށް ކުޑަހުވަދޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ވަޅުލީ ފަހުންނެވެ. އޭގެ ފަހުން ކަނޑިންމަ ރިސޯޓުން ވަނީ ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައެވެ.