ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަނޑިންމައިން މަރުވި މީހާގެ މައްސަލަ ފުލުހަށް

ކަނޑިންމަ މޯލްޑިވްސް ރިސޯޓް: އެ ރިސޯޓްގެ މުވައްޒިފަކު ވަނީ ކޮވިޑްގައި މަރުވެފައި - ފޮޓޯ: ބުކިން ޑޮޓްކޮމް
100%
0%
0%

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި މުވައްޒަފަކު މަރުވި މައްސަލާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންނަށް އެ މައްސަލަ ހުށައަޅައިފި އެވެ. ފުލުހަށް މައްސަލަ ހުށައަޅާފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގަައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަނޑިންމަ ރިސޯޓްގެ މުވައްޒިފެއް ކޮވިޑްގައި މަރުވުމުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށާއި އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް މި މަހުގެ ދެވަނަ ދުވަހު އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެ ޓީމުން ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް އަދި އެކަމާއި ގުޅިގެން ރިސޯޓުން އަޅާފައިވާ ފިޔަވަޅުތައް ބަލާފައެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގައި މަރުވި މީހާއާމެދު ރިސޯޓުން އަމަލު ކުރިގޮތާއި ހޮސްޕިޓަލުން އަމަލުކުރި ގޮތްވެސް ބަލާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެކި މީހުންނާއި ސުވާލުވެސް ކޮށްފައިވެއެވެ. އެ ޓީމު މިއަދު މާލެ އައިސް ފާހަގަ ކުރެވުނު ކަންކަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެޗްޕީއޭގެ ހޯދުންތަކުން ފާހަގަ ކުރެވުނު ކަންކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނީ އެކަންކަން ބެލުމަށް ފުލުހަށް މައްސަލަ ހުށައަޅާފައެވެ.

"ރިޕޯޓްގެ ފައިންޑިންގްސްތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާ ކުރެވިފައި. އަދި މި ފައިންޑިންގްސްތައް ބެއްލެވުމަށްފަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ވަނީ މިކަންކަން އިތުރަށް އިންވެސްޓިގޭޓް ކުރުމަށް ފުލުހަށް ހުށައަޅާފައި،" ނަޒްލާ ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ގައިން ކޮވިޑް-19ގެ އަލާމާތްތަށް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

މަރުވި މީހާ އާއެކު އެ ރިސޯޓުގައި މަސައްކަތް ކުރި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެމީހާ އެންމެ ފުރަތަމަ ކަރުގަ ރިއްސާތީ އުޅުމުން ރިސޯޓުގައި ހުންނަ ޑޮކްޓަރަށް ދެއްކުމުން އެންޓިބައޯޓިކް ދިނުމަށްފަހު ފޮނުވާލި ކަމަށެވެ. ފަހުން ހުން ގަދަވެ، ވަސް ނުދުވުމާއި ކާއެއްޗެހީގެ ރަހަ ނުލާތީ ޑޮކްޓަރަށް ދެއްކި ކަމަށާއި ބޭސް ކެއުމުން ރަނގަޅު ނުވާ ކަމަށް ތަކުރާރުކޮށް އެމީހާ ބުނި ކަމަށެވެ. އަދި މާލެ ނުވަތަ އަމިއްލަ ރަށަށް ފޮނުވާތޯ އެ ރިސޯޓުގެ ވެރިން ގާތު އާދެސް ކުރުމުންވެސް ނުފޮނުވި ކަމަށެވެ. އެންމެ ފަހުން ނޭވާލާން އުދަނގޫވެ ހާލު ސީރިއަސްވުމުން ކުޑަހުވަދޫ އަށް ގެންދިޔަ ކަމަށް އެ މީހުން ބުނެފައިވެ އެވެ. އަދި ފަރުވާދެމުންދިޔަތާ މާ ގިނަ އިރެއް ނުވެ އެމީހާ ވަނީ މަރުވެފަ އެވެ.

އުމުރުން 60 އަހަރުގެ އެ މީހާގެ ބޭސްފަރުވާ އަށް ރިސޯޓުން އިހުމާލުވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަ ރިސޯޓުން ވަނީ ދޮގު ކޮށްފަ އެވެ. އެހެން ނަމަވެސް އެ މަރުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން (ޓީމް) އިންވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ މި ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

މި ކޭސް އާއި ގުޅިގެން އެ ރިސޯޓުގައިވަނީ ކްލަސްޓާއެއް ވަނީ އުފެދިފަ އެވެ. މިހާރު އެންމެ ގިނައިން ކޮވިޑް-19 ބަލީގެ މީހުން ތިބީ އެ ރިސޯޓުގަ އެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިންނާއެކު 46 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމެއް ދަނީ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލާހި

ރިސޯޓުން ލާރި ކޮޅެއް ހޯދަންތޯ؟ ކިތަށް މީހުންތޯ މިހާތަނަށް މަރުވީ ނުބައްލަވަނީ ކީއްވެތޯ ވަކި މައްސަލައެއްގައި ތިހާވަރުން އުޅެނީ ހަމަ ފައިސާ ހޯދަން ބަލި މީހާ ނިޔާވީ ސަރުކާރުގެ ހޮސްޕިޓަލެއްގައި އެޓް މިޓް ކޮށްފައި ވަނިކު ކަޑިންމަ ރިސޯޓްގެ އެއްވެސް އިހުމާލެއް އޮއްކަމުގައި ނުބެލެވޭ !

ލލ

ކޮވިޑް ގައި މަރުވި އެންމެންގެ މައްސަލަ ބަލަންވީ ނުންތޯ ވަކި ކޭސް އެއް ވަކި ބަޔަކާއި ގުޅޭތީ ހުރިހާ ދިމާލަކުން ބަލަނީ ލާރި ހޯދަންތޯ ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345