ހަބަރު

އުތުރަށް ވިއްސާރަވެ، ނައިފަަރުގައި ފެންބޮޑުވެއްޖެ

Nov 7, 2020

އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރާގަައި ނައިފަަރުގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، ޅ. ނައިފަރުގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ރަށުގެ ގިނަ މަގުތަކުގައި ފެންް ބޮޑުވެފައިވާ ކަމަށާއި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސިފައިން މިހާރު ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ނައިފަރުގެ މަގުތަކަކީ، މޫސުން ގޯސްވާ ދުވަސްވަރު ފެން ބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ އޮތް މަގުުތަކެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، ހއ. އަތޮޅުން ޅ އަތޮޅަށް ވައިޓް އެލާޓް ނެރެފަަ އެވެ. މެޓް އޮފީހުން ބުނި ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރެ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވެ އެވެ.