ހަބަރު

ޒިޔަތު ފުލުހަށް ހާޒިރުކޮށްފި

Oct 18, 2015
1

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަނަސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ދާދި ދެންމެއަކު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ. މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ވައްދާފަ އެވެ.

ޒިޔަތު ހާޒިރު ކުރި އިރު ނޫސްވެރިން ވަނީ ފަހަތަށް ޖައްސާފަ އެވެ. އަދި ފޮޓޯ އާއި ވީޑީއޯ ކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.

ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ޒިޔަތު ޕޮލިހަށް ހާޒިރު ވާން ޗިޓް ފޮނުވީ އިއްޔެ އެެވެ. ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޒިޔަތުގެ ޕާސްޕޯސްޓް އިއްޔެ ހިފައްޓައި މިއަދު އޭނާ ފުލުހަށް ހާޒި ކުރި އިރު މިދިއަ ބުދަ ދުވަހުގެ ރޭ ވަނީ އޭނާ ދިރިއުުއްވާ ހ. ހިޔާކޯޅި އަށް ފުުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހިނގަމުން އަންނަ އެމްއެމްޕީއާރްސީއަށް ފުުލުހުންނާއި ސިފައިން ވަދެ އެ އޮފީސް ވެސް ވަނީ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ބަންދުކޮށްފަ އެވެ.

ޒިޔަތު ދިރިއުޅުއްވާ ހިޔާކޯޅި ބަލައި ފާސްކުރީ ބަލައި ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން މީހުންގެ ފޯނުކޯލްތައް އަޑުއަހާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ އާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ހުރެގެނެވެ.