ހަބަރު

ޒިޔަތު މިއަދުވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިއަދު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކޮށް ސުވާލުކޮށްފި އެވެ.

ޒިޔަތު މިއަދު ފުލުހަށް ހާޒިރުކޮށްފައިވަނީ 2:30 އެހާކަންހާއިރު ފުލުހުހންގެ އެންގުމަށެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން ޒިޔަތު ވަނީ އެނބުރި ގެއައް ވަޑައިގަނެފަ އެވެ. އެކަމާބެހޭގޮތުން ފުލުހުން މިހާތަނަށް ބުނަމުންދިޔައީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ސުވާލުކުރުމަށް ޒިޔަތު ހާޒިރުކުރާ ކަމަށެވެ. ނަމަވެސް އެއީ ކޮންމައްސަލައެއް ކަމެށް ހާމަކޮށްފައި ނުވެއެވެ.

ޒިޔަތު ފުލުހަށް ހާޒިރުކުރި މައްސަލަ ކަވަރު ކުރުމަށް ހުސެން އާދަމް ބިލްޑިން ކާރިޔަށް ދިޔަ ނޫސްވެރިން މިއަދުވެސް ވަނީ އެސަރަހައްދުން ފޮނުވާލާފަ އެވެ. އަދި އެހިސާބުގައި ހަރަކާތްތެރިވެ އުޅުން އެސްއޯ ފުލުން ބުނީ އެހިސާބަށް އާމު ފަރާތްތަކަށް ދެވުނަސް އެއްވެސް ނޫސް ވެރިޔަކަށް ދިއުމަށް ހުއަދައެއް ނެތް ކަމަށެވެ.

ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޒިޔަތު ފުލުހަށް ހާޒިރުކުރަނީ ކޮން މައްސަލައެއްކަން އެއްވެސް ރަސްމީ ފަރާތަކުން އަދި މިހާތަނަށް ހާމަކޮށްފައި ނުވާ އިރު އިއްޔެވެސް ވަނީ އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އޭނާ ދިރިއުޅުއަވާ ހ. ހިޔާކޯޅިގެ ފުލުހުން ވަނީ ބަލައި ފާސްކޮށް ބައެއް ތަކެތިގެންގޮއްސަ އެވެ. މީގެ އިތުރުން ޒިޔަތު ހިނގާ އެމްއެމްޕީއާރްސީ ވެސް މިހާރު ވަނީ ބަނދުކޮށް ފުލުހުންގެ ބެލުމުގެދަށުގަ އެވެ.