އަބްދުﷲ ޒިޔަތު

ޒިޔަތުގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު. -- އަވަސް ފޮޓޯ
0%
0%
0%

ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއި އެެހެން ވެސް ބައެއް ތުހުމަތުތަކާއެކު ހައްޔަރުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ޒިޔަތުގެ ބަންދުގެ މުއްދަތަށް ވަނީ 30 ދުވަސް ޖަހާފައެވެ. އެންމެ ފުރަތަމަ ޒިޔަތު ހައްޔަރު ކުރުމަށްފަހު ދިން 15 ދުވަހުގެ މުއްދަތު އޭނާގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާ ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓްގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ޒިޔަތުގެ ތަހުގީގު ކުރިޔަށްދާއިރު އޭނާ ހިންގަވަމުން އައި އެމްއެމްޕީއާރްސީއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ދާއިރު ރަށްތައް ދޫކުރުމަށް ފަހު ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަށް ވީނުވީއެއް ނޭނގޭ ކަމަށާ އެ ފައިސާއަށް ޒިޔަތު ހިޔާނާތްތެރިވެފައިވާކަމަށް އޭނާގެ މައްޗަށް ދައުލަތުން ތުހުމަތުކުރެ އެވެ.

އަބްދުﷲ ޒިޔަތަކީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް ބޮޑުބޭބެ ކިޔާ ބޭފުޅެކެވެ. އަދި އޭނާ އަކީ ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމުން ގައުމަށް ގައްދާރުވި ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް ގާތް ބޭފުޅެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345