ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ކޮވިޑުން ދުނިޔޭގެ އިގްތިސޯދު ހަމައިން ނެއްޓިފައި

ކޭއޯސްއަކީ ދުނިޔޭގެ ނުވަތަ ތަނެއްގެ ހާލަތު، ބުއްދި ގަބޫލުކުރާ ހަމަތަކުން ނެއްޓޭ ކަހަލަ ހާލަތެއް ދިމާވުމުން އެ ހާލަތު ބަޔާން ކުރުމަށް ކިޔާ ނަމެކެވެ. މިސާލަކަށް ދެއަކާ ދޭއް ގުނަ ކުރުމުން ނުކުންނަ ނަތީޖާ އަކީ ހަތަރަކަށް ނުވާ ކަހަލަ ހާލަތްތަކެވެ. މިފަދަ ބުއްދީގެ ހަމަތަކުން ވިސްނާއިރު ދެކޮޅު ނުޖެހޭ ކަހަލަ ހާލަތްތަކަށް ކިޔާ ނަމެކެވެ.

ސައިބޯނިން އަތްދޮވެލުމުން މަރުވެ ނެތިދާ ވައިރަސް އަކަށް ފަރުވާއެއް ނުހޯދި އެތައް މިލިޔަން ބަޔަކަށް ބަލިޖެހި ޖެހި، އެތައް ހާސްބަޔެއްގެ ފުރާ ނަގޮސް، މުޅި ދުނިޔޭގެ ކުޑަބޮޑު ހުރިހާ ގައުމެއްގެ ހެން އިގްތިސޯދު ހުއްޓުމަކަށް އައިސް، ބޯޑަރުތަށް ބަންދު ކޮށްގެން، ބޭރަށް ނުނުކުމެ، އުޅެން މިވަނީ މަޖުބޫރު ކުރުވާފައެވެ.

މިކަހަލަ އޮޅުން ބޮޅުން މުޖުތަމައުގައި އުފެދޭކަހަލަ ހާލަތްތަކަށް ތައްޔާރު ވެވިފައި ނެތުމުން ދުނިޔޭގެ ގިނަ ގައުތަކުން މި ވައިރަސް ކޮންޓްރޯލްކޮށް އެ ގައުމުތަކުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވަނީ ނުކުޅެދިފަ އެވެ. ހަރުދަނާ ލީޑާޝިޕެއް ނުދެއްކުމުގެ އިތުރުން މި ހާލަތުގައި ދުނިޔޭގެ ގިނަ ލީޑަރުން އިސްކުރީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިހުލާސްތެރި މަސައްކަތެއް ކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ މަންފާތައް ހާސިލް ކުރުމަށެވެ.

ކޮންޓިންޖެންސީ އަކީ ދިމާވެދާނެ ކުއްލި ހާލަތް ތަކުގައި އަމަލު ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ހެދިފައި، ރޭވި ތަރުތީބު ކުރެވިފައި ހުންނަ ކަންތައްތަކެވެ. ކޮންޓިންޖެންސީ އަށް އަމަލު ކުރުމަކީ، ދިމާވާ ކުއްލި ހާލަތްތަކާ ގުޅިގެން އެގައުމުތަކުން އެވަގުތަކު ބޭނުން ކުރެވެން ހުންނަ ވަސީލަތްތަކުގެ ބޭނުންހިފާ އަވަސް ގޮތެއްގައި، އެދިމާވި ކަމަކާ ކުރިމަތިލުމެވެ. އެދިމާވާ ކަމަކީ ގައުމީ ލެވެލްގެ ކަމެއްނަމަ އެކަމުގެ އެންމެ އިސްރޯލެއް އަދާކުރަން ޖެހޭނީ ގައުމުގެ އެންމެ އިސް ލީޑަރެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިކަން ރޭވިފައި ހުންނަނީ މިފަދަ ގޮތަކަށެވެ.

ކޭއޯސް މެނޭޖްމެންޓް ތިއަރީ ތަކުގައި ވެސް މިފަދަ ކަންކަން ކުރުމަށް ބުނެފައި ހުންނަނީ މިގޮތަށެވެ. މުޖުތަމައުގެ ތެރޭގައި އެދައްކާ ވާހަކަތަކުގެ ބުރަދަނެއް ހުންނާނީ ރައްޔިތުންގެ ކަންކަން ރާވާ، ހިންގާ ބަލަހައްޓަން ރައްޔިތުން އިޚްތިޔާރު ކޮށްފައިވާ ފަރާތްތަކުން އެކަން ކުރުމުންނެވެ. އެއީ ދިމާވެގެންއުޅޭ މިފަދަ އާދަޔާ ޚިލާފު ކަންތައްތަކުގެ މަޢުލޫމާތު ދިނުން ކަމުގައި ވިޔަސް މެއެވެ. ނުތަނަވަސް ކަމާއި މާޔޫސްކަން އުފެދިފައިވާ މުޖުތަމަޢެއް ހައްލުކޮށް ހަމަޖެހުން އިއާދަކުރެވޭނީ މިހެން ކަންކަން ތަރުތީބު ކުރެވުނީމައި ކަމަށްވާތީއެވެ.

ކޮވިޑް ފެށުނީއްސުރެ މިއަދާހަމަޔަށް ދުނިޔޭގެ ވަރަށް މަދު ގައުމެއްގައި ނޫނީ މިފަދައިން ކަންކަން ކުރެވިފައި ނުވާކަމީ މި ހާލަތަށް ދުނިޔެ ދާންޖެހުނު އެއްސަބަބު ކަމުގައިވުމީ އެކަށީގެންވާ ކަމެކެވެ. މިހާރުގެ ހާލަތާގުޅޭ ގިނަ ކަންކަން ރައްޔަތުންނަށް ސާފުވަނީ ސޯޝަލް މީޑިޔާގެ ޒަރީއާ އިންނެވެ. ސޯޝަލް މީޑިއާގައި ހުންނަ މައުލޫމާތުގެ ތެދު ދޮގު ކަށަވަރު ކުރުމަކީ މިހާރު މަދުމީހަކު ކުރާކަމެކެވެ. ތިމާގެ ވިސްނުމާ ގުޅޭކަހަލަ މައުލޫމަތެއް ނަމަ އަވަހަށް ހިއްސާ ކޮށްލަނީ އެވެ. މިހެންގޮސް ކަންކަމުގެ އަސްލު ހޯދަން މަސައްކަތް ކުރިޔަސް ނުފެންނަހާ ދުރަށް އަސްލު ހިނގައިދެއެވެ. މިކަންކަމުގެ ފޮނި އަދި ހިތި ނަތިޖާތައް ދުނިޔޭގެ އެކިދިމާލުން މިހާރު މިވަނީ މަޑުމަޑުން ފެންނަން ފަށާފައެވެ. ނިއުޒީލެންޑާއި އެމެރިކާ ފަދަ ގައުމުތަކުން ނެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑަކީ ޗައިނާއިން ގަސްތުގައި އުފައްދާ ދުނިޔެއަށް ދޫކޮށްލި ވައިރަސް އެކެވެ. ދުނިޔޭގެ އެންމެ ގަދަ އިގްތިސޯދީ ބާރަކީ ޗައިނާ ކަމުގައި ވެގަތުމަށެވެ. އެހެން ވެއްޖެނަމަ ޗައިނާއިން މިކަން ވަރަށް ރަނގަޅަށް ޙާސިލް ކޮށްފިއެވެ. ފަތުރުވެރިކަމަށް އެކަނި ބެލިޔަސް މިކަން ވަރަށް ރަނަގަޅަށް ސާފުވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކެވެ. މިއަހަރު ފެށުމާ ހަމަޔަށް ދުނިޔޭގެ އެންމެ ބޮޑު އައުޓްބައުންޑް މާކެޓަކީ ޗައިނާ އެވެ. ޗައިނާގެ ފަތުރުވެރިންގެ ސަމާލުކަން ހޯދަން މަސައްކަތް ނުކުރާ ގައުމެއް ދުނިޔޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ބަލިޖެހުނަސް އިގްތިސޯދައްޓަކައި މިއަހަރު ޖެނުއަރީމަހު އެކަނި ވެސް ތިންލައްކަ އައްޑިހަ ހާހަށްވުރެ ގިނަ ޗައިނާގެ ފަތުރުވެރިންނަށް އެމެރިކާއިން މަރުހަބާ ކިޔާފައި ވާކަމީ މިކަމުގެ ހެއްކެކެވެ. މި އަހަރު އިގްތިސޯދަށް ކުރިއެރުމެއް ލިބޭނެ ހަމައެކަނި ގައުމަކީ ވެސް ޗައިނާ ކަމުގައި ދުނިޔޭގެ އިގްތިސާދާބެހޭ ފަރާތްތަކުން ގަބޫލު ކުރެ އެވެ.