ހަބަރު

ޖޭއެސްސީގެ ތަހުގީގު ކޮމިޓީތަކަށް ފުރުސަތު ހުޅުވާލައިފި

Nov 8, 2020
1

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ތަހުގީގު ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުމުގެ އިތުރުން، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އަދި ސިޔާސީ މަގާމެއް އަދާނުކުރުގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ކޮމެޓީތަކުގެ މެމްބަރުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމެއްގައި ދޮޅުގަޑިއިރު ހަމަވާނަމަ 500 ރުފިޔާ އަދި ދޮޅުގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް އިތުރު 500 ރުފިޔާ ލިބޭނެ ކަމަށެވެ.

ބައްދަލުވުމަކަށް އެންމެ ގިނަވެގެން ދެވޭނީ 1000 ރުފިޔާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ތަޙްޤީޤު ތަހުގީގު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެންބަރު 17 ވަނަ ދުވަހުގެ 12:30 އާ ހަމައަށެވެ.