ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މަރުވާ ކޮންމެ މީހަކު ކޮވިޑަށް ޓެސްޓުކުރާ އުސޫލުގެ ދަށުން އޭނާ ޓެސްޓު ކުރުމުންނެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ މަރުވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، މިއީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 11،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި މިހާތަނަށް 39 މީހަކު ވަނީ މަރުވެފަ އެވެ.