ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް

ހުޅުމާލޭގައި ރޭގެ ވަގުތެއްގައި މަރުވި ޒުވާނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ބުނެފި އެވެ.

އެޗްއީއޯސީ އިން ބުނީ ރޭގެ ހުޅުމާލޭގައި މަރުވި 21 އަހަރުގެ ޒުވާނާ ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި އަދި އޭނާގެ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮވިޑް ބަލީގެ މަރެއްގެ ގޮތުގައި ގުނާފައެއް ނުވެއެވެ.

މި ޒުވާނާގެ މައްސަލަ އައީ ރޭ 11:42 އެހާކަންހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް 21 އަހަރުގެ އެ ޒުވާނާ ގެންދިޔައިރު ވެސް މަރުވެފައި އޮތުމުން ހޮސްޕިޓަލުން އެކަން ފުލުހަށް ރިޕޯޓް ކުރުމުންނެވެ.

މި މަރުގެ އިތުރި ތަފްސީލު ދީފައި ނުވާއިރު އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހދ. މަކުނުދޫ، ބާނި، ފާތިމަތު ޒަހާ އަހުމަދެވެ. އޭނާގެ ކަށުކަމާކެމީގެ ކަންކަން މިއަދު ހެނދުނު ވަނީ ކޮށްފަ އެވެ. އަދި ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ދެ އަންހެނަޖު އަތުލަފި ކޮށްގެނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.

ޒަހާ މަރުވި އިރު މަސައްކަތް ކުރަމުންދިޔައީ މުއާސަލާތީ ކުންފުނި އުރީދޫގަ އެވެ. އުރީދޫއިން ވަނީ ޒަހާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.