ހަބަރު

ޒިނޭކުރި މީހަކު ރަޖަމް ކުރަން ގެމަނަފުށީ ކޯޓުން ހުކުމްކޮށްފި

Oct 18, 2015

މިހަކާ ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓްގައި އެއްބަސްވީ މީހަކު ރަޖަމް ކުރަން މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފިއެވެ. މި ހުކުމް ކުރީ ގއ. ގެނަމަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. -- ރަޖަމް ކުރުމަކީ ސައްހަ ކައިވެންޏެއްގެ މަތީގައި ހުރެ އަންނަ ހައްދެއްގެ ގޮތު އުނަގަނޑާ ހަމައަށް ވަޅުލައި ކުދިގަލުން ތަޅައި މެރުމެވެ --

ގެނަމަފުށީ ކޯޓުގެ މި ހުުކުމް އައީ 30 އަހަރަށް ވުރެ ދޮށީ އެ އަންހެނެއްގެ މައްޗަށެެ. މި ހުކުމް ކުރީ ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މި ހުކު އައީ ވަކި މީހަކަށް ދަރި ނުލައްވާގޮތަށް ވިހެއި ކަމަށް އަންހެނެއްގެ މައްޗަށް އުފުލި ދައުވާއަކާ ގުޅިގެން ކުރި ޝަރީއަތުގައި ޒިނޭ ކުރި ކަމަށް އޭނާ އެޗޝަރީއަތުގައި އިއުތިރާފުވުމުންނެވެ.

ޒިނޭ ކުރިކަން ސާބިތު ވުމުން އިސްލާމީ ޝަރީއަތުގައި ދޭން ކަނޑައަޅުއްވާފައިވާ ރަޖަމް ކުރުމުގެ އަދަބު ދިނުމަށް އާ ގާނޫނުލް އުގޫބާތުގެ ދަށުން ރާއްޖޭގެ ކޯޓަކުން ހުކުމް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ގާނޫނުލް އުގޫބާތުގެ 1205 ގައި ބުނަނީ އެ ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ.