މާފުށީ ޖަލު

ހައި ސެކިއުރިޓީ ޔުނިޓަށް ޒިޔާރަތްކޮށް ގައިދީންނާ ބައްދަލުކޮށްފި

Nov 9, 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތަކުގައި ތިބި ގައިދީންނާ ބައްދަލުކޮށްފި އެވެ.

ކަރެކްޝަނުން ބުނީ މި ޒިޔާރަތުގައި މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރު ވަނީ ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައި ކަމަށެވެ. އަދި ހައި ސެކިއުރިޓީ ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކޮށް އެ ގޮޅިތަކުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. އަދި މީހުން ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.