ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ވެކްސިނުގެ ކާމިޔާބުކަން 90 ޕަސެންޓް ޔަގީންވެ، އާ ހަރުފަތަކަށް

ކޮވިޑް-19 އަށް ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ދުނިޔޭގެ ބޭސް އުފެއްދުމުގެ ރޮނގުން ކުރިއަރާފައިވާ ހުރިހާ ގައުމެއްގެ ހުރިހާ ކުންފުންޏަކުން ކަހަލަ ގޮތަކަށް މިހާޜު ވަރަށް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ. އެތައް 100 ވެކްސިނެއް އަޖުމަބެލުމުގެ އެކި މަރުހަލާތަކުގައި ހުރިއިރު ހުރިހާ ގޮތަކުން ވެސް އެންމެ އުންމީދީ އަދި އެންމެ ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވަނީ އޮކްސްފޯޑް ޔުނިވަސިޓީގެ ވެކްސިން އަށެވެ. މި ވެކްސިން އުފެއްދުމާ ހަވާލުވެފައިވަނީ ވެކްސިން އުފެއްދުމުގެ ރޮނގުން ދުނިޔޭގެ މަޝްހޫރު ފައިޒާ އާއި ބައޮއެންޓެކް ފަދަ ކުންފުނިތަކުންނެވެ.

ބީބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުން މި ކުންފުނިތަކުން އިއްޔެ ވަނީ ދުނިޔެއަށް ވަރަށް އުފާވެރި ޚަބަރެއް ދީފަ އެވެ. އެ ކުންފުނިތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސައިންސާއި އިންސާނިއްޔަތަށް އިއްޔެ އަކީ ވަރަށް އުފާވެރި ދުވަހެއް" ކަމަށެވެ.

ދުނިޔޭގެ ހަ ގައުމެއްގެ 43،500 މީހުންނަށް މިހާޜު މި ވެކްސިން ވަނީ ދީފަ އެވެ. ޓްރަޔަލްގެ ތިން ވަނަ މަރުހަލާ މިހާރު ނިމިފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އެއްވެސް ކަހަލަ ކަންބޮޑުވުމެއް މި ވެކްސިން ޖެހި މީހުންގެ ފަރާތުން ފެނިފައިނުވާ ކަން ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން މި މަސް ނިމުމުގެ ކުރިން މި ވެކްސިން އުފެއްދުމުގެ އިމަޖެންސީ އެޕްރޫވަލް އަކަށް އެދެން ކުންފުނިން މިހާރު ވަނީ ނިންމާފަ އެވެ.

މިހާތަނަށް ޓެސްޓްކުރަމުން އައި އެއްވެސް ވެކްސިނަކަށް މިހާ ރަނގަޅު ނަތީޖާއެއް މިހާތަނަށް ހޯދިފައެއް ނެތެވެ.
އޮކްސްފޯޑް ވެކްސިން ކާމިޔާބުކަން ފައިޒާ އިން އިއުލާން ކުރުމާއެކު ދުނިޔޭގެ ސައިންސްވެރިން ވެސް މިކަމަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ. އެމީހުން މި ވަގުތު ތިބީ ހިނިތުން ވެވޭނެ އެންމެ ބޮޑަކަށް ހިނިތުން ވެގެން ކަމަށް ސައިންސްވެރިން ބުންޏެވެ. އަދި ބައެއް ސައިންސްވެރިން ބުނެފައިވަނީ ސްޕްރިންގް މޫސުން އަންނަން ވާއިރަށް ދުނިޔެ އާއްމު ހާލަތަކަށް އަތުވެދާނެ ކަމުގެ އުންމީދު މިހާރު އާވެއްޖެ އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ އެންމެ އިސް އެއް ޕްރޮފެސަރު ކަމަށްވާ ސާ ޖޯން ބެލް ވިދާޅުވި ގޮތުގައި ވަރަށް ވެކްސިން ކާމިޔާބުކަމަށް ވަރަށް ޔަގީންކަމާއެކު މިހާރު އެމީހުންނަށް ބުނަން ކެރިދާނެ އެވެ. އެކަށީގެންވާ ރަނގަޅު ފަރުވާ އާއި ވެކްސިން އާއެކު ދުނިޔެއަށް އަލުން އާއްމު ހާލަތަކަށް ބަދަލު ވެވޭނެކަމުގެ އުންމީދު މިހާރު ވަނީ ބޮޑުވެފަ އެވެ.

އޮކްސްފޯޑް ވެކްސިންގެ ޓްރަޔަލްތަކުގެ ޑޭޓާތަކުން ދައްކާ ގޮތުގައި ވެކްސިންގެ އެއް ޑޯޒް ޖަހާތާ ތިން ހަފުތާ ފަހުން އިތުރު ޑޯޒެއް ދޭން ޖެހެ އެވެ. މިގޮތަށް ވެކްސިން ދީގެން އެމެރިކާ، ޖަރުމަނު، ބްރެޒީލް، އާޖެންޓީނާ، ސައުތު އެފްރިކާ އަދި ތުރުކީގައި ޓްރަޔަލްތަކުގެ ނަތީޖާ ދައްކާފައިވާ ގޮތުން ވެކްސިނުން 90 ޕަސެންޓް ރައްކާތެރިކަން ދެ ވަނަ ޑޯޒް ދޭތާ ހަފުތާއެއް ތެރޭގައި އެ ޖެހި މީހުންނަށް ލިބިފައި ވެއެވެ.

ނަމަވެސް މި ޓްރަޔަލްތަކުގެ ފައިނަލް އެނަލައިސިސް އަދި ތައްޔާރުކޮށް ނުނެރެ އެވެ. އަދި ވީމާ ވެކްސިންގެ ފުރިހަމަ ނަތީޖާއަކީ ކޮބައިކަން އެނގޭނީ މި ރިޕޯޓު ނެރުމުންނެވެ.

ފައިޒާގެ ޗެއާމަން ޑރ. އަލްބާޓް ބޯރްލާ ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ މި ބޮޑު ސިއްހީ ނުރައްކަލުން އަރައިގަންނާނެ ރަނގަޅު މަގެއް ފެނިއްޖެކަމުގެ ޔަގީންކަން މިހާރު އެ މީހުންނަށް ލިބިއްޖެ އެވެ. އަދި އެ ފަރުވާ ވުޖޫދަށް ގެންނަން މިހާރު އެމީހުން ތިބީ އެންމެ ފިޔަވަޅަކަށް ކައިރިވެފަ އެވެ.

ބައޮއެންޓެކްގެ ފައުންޑާ ޕްރޮފެސާ އޫގޫ ސާހިން ސިފަ ކުރައްވަނީ މިފަހަރު މި ގިރާކުރެއްވުނީ "މައިލްސްޓޯން" އެއް ކަމަށެވެ.

ވެކްސިން ލިބޭނީ ކިހާ ތާކު؟

މިއަހަރު ތެރޭގައި ވެސް މަދު ބަޔަކަށް މި ވެކްސިން ލިބޭނެ އެވެ.
ފައިޒާ އާއި ބައޮއެންޓެކުން ބުނީ ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގައި އެ ކުންފުނިތަކަށް ވެކްސިންގެ ސޭފްޓީ ޑޭޓާތައް ލިބި ރެގިއުލޭޓަރުންނާ ހަމަޔަކަށް އެ ޑޭޓާތައް ހިފައިގެން ދެވޭވަރު ވާނެ ކަމަށެވެ. އަދި އެފަރާތުން އެ ޑޭޓާތައް ބަލައި ހުއްދަ ދިނުމުން ވެކްސިން އުފައްދަން ފަށަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

މި ހުއްދަ ނުލިބެނީހެއް އެއްވެސް ގައުމަކަށް މި ވެކްސިންގެ ކެމްޕެއިނެއް ނުފެށޭނެ އެވެ. ނަމަވެސް އޮސްޓްރޭލިޔާ އިން މިހާރުވެސް މި ވެކްސިން އުފައްދަން ފަށައިފިކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަދި އިންޑިއާ ފަދަ ގައުމުތަކުން ވެސް މިހާރު ތިބީ ހަމަ ހުއްދަ ލިބޭއިރަށް ފަށަން މުޅިން ތައްޔާރުވެގެންނެވެ.

ފައިޒާ އާއި ބައޮއެންޓެކުން ބުނީ އެ ދެ ކުންފުންޏަށް މިއަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް ވެކްސިން ތައްޔާރު ކުރެވޭނެ ކަމަށެވެ. އަދި 2021 ނިމޭހާ ތަނަށް 1.3 ބިލިއަން ޑޯޒް ވެކްސިން އުފެއްދިދާނެ ކަމަށެވެ.
ކޮންމެ މީހަކަށް ވެސް މި ވެކްސިންގެ ދެ ޑޯޒް ބޭނުންވެ އެވެ. އިނގިރޭސި ވިލާތަށް އެކަނި ވެސް މިއަހަރުގެ ނިޔަލަށް މި ވެކްސިންގެ 10 މިލިއަން ޑޯޒް ބޭނުންވެ އެވެ. އަދި އިތުރު 30 މިލިއަން ޑޯޒަށް އެ ގައުމުން މިހާރު ވެސް ވަނީ އޯޑަރު ދީފަ އެވެ.

ވެކްސިން ލިބޭނީ ކޮން ބަޔަކަށް؟

ފުރަތަމަކޮޅު ހުރިހާ އެންމެންނަކަށް މި ވެކްސިނެއް ނުލިބޭނެ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެކްސިން ދޭނީ ކޮން ބަޔަކަށް ކަން ނިންމާނީ ވެކްސިން ގަންނަ ގައުމަކުންނެވެ.

ނަމަވެސް ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގޭގެއަށް ގޮސް ބަލި މީހުންނަށް ފަރުވާ ދޭން ޖެހޭ ސިއްހީ އެހީތެރިންނަށް އެންމެ ފުރަތަމަ ބުރުގައި ވެކްސިން ދޭން ޖެހޭނެ ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. ދެން އެންމެ އަވަހަށް ވެކްސިން ދޭން ޖެހޭނީ އުމުރުން ދުވަސްވީ އަދި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށެވެ.
ފަންސާސް އަހަރުން ދަށުގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް މީހުންނަކީ އެންމެ ފަހުން ވެކްސިން ދޭން ޖެހޭ މީހުން ކަމަށް ވަނީ ބެލެވިފަ އެވެ.