ޖުމްހޫރީ ދުވަސް

މާދަމާ ރައީސް ގައުމާ މުހާތަބު ކުރައްވާނެ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މާދަމާ ހެނދުނު 10:00 ޖަހާއިރު ރައީސް ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތް މެދުވެރިކޮށެވެ.

މާދަމާ ފާހަގަ ކުރާ މި އަހަރުގެ ޖުމްހޫރީ ދުވަސް ދިމާ ވަނީ ބުދަ ދުވަހަށެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އަދި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކުރިންސުރެ އޮތީ ހަމަޖައްސާފަ އެވެ.

ކޮންމެ އަހަރަކު ބާއްވާ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާ، ކޮވިޑް-19 އާއި ގުޅިގެން މި އަހަރު ނުބާއްވާނެ އެވެ.