ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާ ހަވާލު ކުރައްވައިިފި އެވެ.
އެ މިނިސްޓްރީ ހިންގުމުގެ ޒިންމާ ރައީސް ހަވާލު ކުރައްވާފައި ވަނީ ކުރިން އެ މަގާމު ފުރުއްވުމަށްފަހު ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަހުމަދު އަދީބާ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ޗައިނާގަ އެވެ.
އަދީބު ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވުމަށްފަހު އެވެ.