ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

25 ރިސޯޓެއްގައި ކޮވިޑް ޖެހިފައިވާ 187 މީހުން

ކޮވިޑް-19 އިގެ ބަލި މީހުން 24 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިވަގުތު ކޮވިޑްގެ ބަލި މީހުން 24 ރިސޯޓެއްގައި އެބަތިބި ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި 187 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ފަތުރުވެރިންނާއި 133 މުވައްޒިފުންނެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 10 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 14 މީހުން އެބަތިއްބެވެ. އެއީ ތިން ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ތިބީ ހދ. ހަނިމާދޫ، ހދ، ނޭކުރެންދޫ، ށ. ކޮމަންޑޫ، ބ. ފުޅަދޫ، ކ. ހުރާ، ކ. މާފުށި، ލ. ހިތަދޫ، ގދ. ނަޑެއްލާ، ގދ. ހޯނޑެއްދޫ އަދި ސ. ފޭދޫ އެވެ.

ރާއްޖެއިން މިހާތަނަށް 12,085 މީހަކު ޕޮޒިޓިވްވެފައިވާއިރު 11،225 މީހުން ވަނީ އެ ބަލިން ރަނގަޅުވެފައެވެ.