ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިނަމަން ވެލިފުށި ރިސޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ވ. އަތޮޅުގައި ހިންގަމުންދާ ސިނަމަން ވެލިފުށި ރިސޯޓުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއޯއީސީން ބުނީ އެ ރަށުން ޕޮޒިޓިވްވެފައިވަނީ ބިދޭސީ ދެ މުވައްޒިފުން ކަމަށެވެ. އެ ދެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތަކެއް ފެންނަން ފެށުމުން ކޮވިޑަށް ޓެސްޓް ކުުރުމުންނެވެ.

އެ ދެ ކޭސްއާ ގުޅިގެން އެ ރަށުން 38 މުވައްޒިފެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވްއެވެ. އޭގެ ފަހުން މިއަދު އިތުރު 77 ސާމްޕަލް ވަނީ ނަގާފައެވެ. އެ ސާމްޕަލްތައް މާދަމާ މާލެ ގެނެސް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 އިގެ ބަލި މީހުން 24 ރިސޯޓެއްގައި މި ވަގުތު އެބަތިބެވެ. އެ ރިސޯޓްތަކުގައި 187 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އެއީ 54 ފަތުރުވެރިންނާއި 133 މުވައްޒިފުންނެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 10 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 14 މީހުން އެބަތިއްބެވެ. އެއީ ތިން ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑްގެ ބަލި މީހުން ތިބީ ހދ. ހަނިމާދޫ، ހދ، ނޭކުރެންދޫ، ށ. ކޮމަންޑޫ، ބ. ފުޅަދޫ، ކ. ހުރާ، ކ. މާފުށި، ލ. ހިތަދޫ، ގދ. ނަޑެއްލާ، ގދ. ހޯނޑެއްދޫ އަދި ސ. ފޭދޫ އެވެ.

ރާއްޖެއިން މިހާތަނަށް 12,085 މީހަކު ޕޮޒިޓިވްވެފައިވާއިރު 11،225 މީހުން ވަނީ އެ ބަލިން ރަނގަޅުވެފައެވެ.