ހަބަރު

މާލޭގައި މިރޭ ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް ސިފައިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ އަށެއް ޖަހާއިރު މާލޭގައި އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުމަތީ ސަރަހައްދުގައި ހަވާ އެރުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ސިފައިންގެ ވިޔަފާރި ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށް ގެންދާ އިވެންޓެކެވެ. ހަވާ އެރުވުން ކުރިއަށް ގެންދާނީ ދެ މިނެޓަށެވެ. އާޒިމް ވިދާޅުވީ އެކި ވިޔަފާރިތަކާއި އާންމުންގެ ރިކްއެސްޓްތަކަށްވެސް ސިފްކޯއިން ހަވާ އަރުވާ ކަމަށެވެ.

މިރޭ ހަވާ އަރުވަނީ ކޮން ބަޔަކު އެދިގެން ކަމެއް އާޒިމް ވިދާޅެއްނުވިއެވެ.

ބައެއް އާންމުން ގެންދަނީ މިރޭ ހަވާ އަރުވަނީ ދިވާލީ ފާހަގަ ކުރުމަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.