އިސްލާމިކް މިނިސްޓްރީ

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަހްލާގު އަށަގަންނުވައި އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުމުރުން ފަސް އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށެވެ. މުބާރާތުގެ ތީމުތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅު މި ތީމުތަކެވެ. މި މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފު ކޮށް ވަނަ ހޮވޭނެ އެވެ. އަދި އެންމެ މޮޅު ފަސް ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

  • 1 ވަނަ އަށް 1500 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 2 ވަނަ އަށް 1000 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 3 ވަނަ އަށް 700 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 4 ވަނަ އަށް 500 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 5 ވަނަ އަށް 300 ރުފިޔާ އާއި ހަނދާނީ ލިޔުން

އިސްލާމިކް މިނިސްޓްރީން ބުނީ މުބާރާތުގައި ބަައިވެރިވާން ބޭނުންވާ ދަރިވަރުން މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ކުރެހުން ހުށައަޅަން ޖެހޭނެ ކަމަށެވެ. ކުރެހުން ފޮނުވާނީ [email protected] މެއިލް އެޑްރެހަށެވެ.