ހަބަރު

އިންވެސްޓްމެންޓް ފޯރަމްގެ އެގްޒެބިޝަންބައި ފަށައިފި

Oct 19, 2015

ދެވަނަ އިންވެސްޓްމަންޓް ފޯރަމްގެ އެގްޒިބިޝަންގެ ބައި ޗައިނާގެ ވެރިރަށް ބީޖިންގައި މިއަދު ފަށައިފި އެވެ.

އެގްޒަބިޝަން 24 ސްޓޯލާއެކު ފެށީ ބޭޖިން ހޮޓެލް އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ. ފޯރަމް ރަސްމީކޮށް ފަށަނީ މިއަދު މެންދުރު އެވެ. ރަސްމީކޮށް ފައްޓަވައި ދެއްވާނީ މިވަގުތު ޗައިނާގައި ހުންނެވި ނައިބް ރައީސް އަހްމަދު އަދީބެވެ.

އިންވެސްޓްމަންޓް ފޯރަމްގެ އެގްޒިބިޝަންގެ ބައިގައި މިއަދު ހަކަތަ އާއި ރިޔަލް އެސްޓޭޓާއި ލޮޖިސްޓިކްސް އާއި ދަތުރުފަތުރާއި ސިއްހީ ހިދުމަތާއި ތައުލީމާއި ކޮންސްޓްރަކްޝަނާއި ބޭންކިން އާއި ފައިނޭންސްގެ ދާއިރާގައި ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކުގެ މަލޫމާތު އިންވެސްޓަރުންނަށް ދޭނެ އެވެ.

އިކްނޮމިކް މިނސްޓްރީން މި ދަންފަޅީގައި އާ މަޝްރޫއުތަކާ ގުޅޭގޮތުން އިންވެސްޓަރުންނާއި ވިޔަފާރި ކުންފުނިތަކަށް އަމާޒުކޮށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި ސަރުކާރުން ބޮޑެތި ބިޔަ މަޝްރޫއުތައް ޕްރޮމޯޓް ކުރުން ވެސް އޮންނާނެ ކަމަށެވެ. މި އިންވެސްޓްމެންޓް ފޯރަމްގައި ދުނިޔޭގެ އެކި ގައުމުތަކުން 700 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެ އެވެ. އަދި ރާއްޖެއިން 150 ވިޔަފާރި ކުންފުނިވެސް ތަމްސީލް ކުރެ އެވެ.

ފޯރަމަށް ވަޑައިގަންނަވަމުން އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވ ފޯރަމްގައި ރާޖޭގައި އިންވެސްޓްކުުރުމަށް ހުރި ފުރުސަތުތަކާއި ތަފާތު ޕްރޮޖެކްޓްގެ މައުލޫމާތު ދޭނެ ކަމަށެވެ. މިފަހަރު ބޮޑަށް ބަލާނީ ފައިނޭންޝަން ސެކްޓާ އާއި ބޭންކިން އާއި ރިއަލްއެސްޓޭޓް އަދި ޓްރާންސްޕޯޓަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖްކްޓްތަކަށް އިސްކަންދޭން ކަމަށެވެ.

އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ ބިޔަ އިވެންޓެކެވެ.