ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑު ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

Nov 15, 2020

ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ. މިއީ ރާއްޖެއިން ކޮވިޑްގައި މަރުވި 43 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މިއަދު މަރުވެފައިވަނީ 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ މެޑިކަލް ފެސިލިތީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްކަމަށް ވެސް އެޗްޕީއޭ އިން އިތުރަށް ބުންޏެވެ.

މިއަދު އިތުރު މީހަކު އެ ބަލީގައި މަރުވި އިރު، ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދުވަނީ ވަނީ 12,154 އަށް އަރައިފަ އެވެ.