ވިޔަފާރި

އެމްޓީސީސީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ މެންބަރު ހޮވައިފި

Nov 16, 2020

އާއްމު ހިއްސާދާރުން ތަމްސީލް ކުރަން، އެމްޓީސީސީގެ ބޯޑަށް އާ މެންބަރަކު އައްޔަން ކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިން ބޭއްވި އެ ކުންފުނީގެ ހާއްސަ ގޮތުން ކުރި އާއްމު ޖަލްސާގައި ބޯޑަށް އައްޔަން ކޮށްފައިވަނީ މ. މެއިންޒް، މުހައްމަދު އިމްރާން އަދުނާން އެވެ. އޭނާ ބޯޑަށް ހޮވުނީ ބައިވެރިވި ހިއްސާދާރުންގެ 78 ޕަސެންޓް ވޯޓުންނެވެ.

އެމްޓީސީސީ އިން ވާޗުއަލްކޮށް އިއްޔެ ބޭއްވި ޖަލްސާގައި 14 ހިއްސާދާރުން ބައިވެރިވި އިރު ޕްރޮކްސީ ހުށަހަޅައިގެން 269 ހިއްސާދާރުން ތަމްސީލު ކޮށްފައިވެ އެވެ.

އެމްޓީސީސީ އިން ވަނީ ސެޕްޓެމްބަރު މަހު ބޭއްވި އަަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރަން މެންބަރެއް އަައްޔަން ކޮށްފަ އެވެ.