ހަބަރު

ސްރީލަންކަން ރާއްޖެއިން ލަންޑަނަށް ޑައިރެކްޓް ފްލައިޓް ބާއްވަނީ

ރާއްޖެއާއި އިނގިރޭސިވިލާތުގެ ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ފަށަން ސްރީލަންކަން އެއާލައިންއިން ތައްޔާރުވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންސް އިން ބުނީ ރާއްޖެ އާއި ލަންޑަނާއި ދެމެދު ހަފްތާއަކު ދެ ދުވަހު ފްލައިޓް ބާއްވާނެ ކަމަށެވެ. އަދި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ އެޕްރީލް މަހާ ހަމަޔަށް ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ސްރީލަންކަން އެއާލައިންސް އިން ރާޢްޖެ އާއި ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވާއިރު މިހާރުވެސް ބްރިޓިޝް އެއާވޭސް އިން ދަނީ ރާއްޖެއާއި ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.