ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް މާދަމާ ހުޅުވަނީ

ދިރާގުގެ ހެޑް އޮފީސް ހިންގަމުން އަންނަ ބިމުގައި ރާވާފައިވާ ކަޅުވަކަރު މިސްކިތް މާދަމާ ހުޅުވަން ނިންމައިިފި އެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ފުރުމާއި ދިމާކޮށް މާދަމާ މި މިސްކިތް ހުޅުވަން ނިންމާފައިވާއިރު މިސްކިތް ހުޅުވައިދެއްވަނީ ރަައީސް ސޯލިހެވެ.

މިސްކިތް ހުޅުވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރެވެ. ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތް ހުޅުވުމާއި ގުޅިގެން މިސްކިތާއި މިސްކިތް ހިމެނޭ ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ގަޑިތަކާއި އެކަމާއި ގުޅޭ އެހެނިހެން މައުލޫމާތު މާދަމާ އާންމު ކުރާނެ ކަމަށެވެ.

ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަޅުވަކަރު މިސްކިތުގައި އާންމުންނަށް ނަމާދު ކުރެވޭނެ އެވެ. ނަމަވެސް ޖަމާއަތް ހަދައިގެން ނަމާދު ނުކުރާނެ އެވެ. ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުންވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ